ކުރީގެ ނައިބު ރައީސް އަހުމަދް އަދީބުގެ ބޭސްފަރުވާގެ މުއްދަތު އިތުރު ކޮށްދީފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަން ސާވިސް (އެމްސީއެސް) އިން ބުނެފި އެވެ.
ކަރެކްޝަން ސާވިސް އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އަދީބުގެ ބޭސްފަރުވާގެ މުއްދަތު ޖުލައި ހަވަނަ ދުވަހުގެ ނިޔަލަށް އިތުރު ކުރަން ނިންމީ އަދީބު ކެންސަރު ބައްޔަށް ސްކްރީނެއް ހަދަން ޑޮކްޓަރު ލަފާ ދެއްވާފައި ވާތީ ޑޮކްޓަރުގެ އިރްޝާދާއި އެއްގޮތަށް ބޭސް ފަރުވާ ކުރުމުގެ ކުރުމުގެ ކަންކަން ހަމަޖައްސައި ދިނުމުގެ ގޮތުން ކަމަށެވެ.
އަދީބު ބޭސްފަރުވާއަށް މިމަހު 14 ވަނަ ދުވަހު އިންޑިއާއަށް ފުރާވަޑައިގަތީ ފަރުވާއަށް އިތުރަށް މަޑުކުރަން ނުޖެހޭނަމަ މާދަމާ އެނބުރި ވަޑައިގަންނަވާ ގޮތަށެވެ.
އިމިގްރޭޝަނުން އަދީބަށް ޕާސްޕޯޓެއް ދުލެއް ނުކުރެ އެވެ. އިންޑިއާއަށް ވަޑައިގަންނަވަން އިމިގްރޭޝަނުން އޭނާއަށް ދޫކުރީ އެއް އަހަރު ދުވަހުގެ ޓްރެވެލް ޑޮކިއުމެންޓެކެވެ. ނަމަވެސް އެއް އަހަރު ހަމަވުމުގެ ކުރިން ވެސް އަދީބު ރާއްޖެ ވަޑައިގަތުމާއެކު އެ ޑޮކިއުމެންޓް ކެންސަލްވާނެ އެވެ.
އަދީބާއެކު ކަރެކްޝަން ސާވިސްގެ ތިން އޮފިސަރަކާއި ފުލުހަކު ވެސް ގެންދަނީ ހަރަކާތެރި ވަމުންނެވެ. އާއިލާގެ ފަރާތުން އަދީބާއެކު ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވަނީ އަނބިކަނބަލުން މަރިޔަމް ނަޝްވާ އެވެ.