ހަބަރު

އެސްޓިއޯގެ ވެއާ ހައުސް ސޭލް ޖުލައި މަހު

ބޮޑެތި ޑިސްކައުންޓްތައް ހިމަނައިގެން އެސްޓިއޯގެ ވެއާ ހައުސް ސޭލް މި އަންނަ މަހު ބާއްވާނެ އެވެ.

ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓިއޯ އިން މިއަދު ބުނީ މި އަހަރުގެ ސޭލްގައި އިލެކްޓްރޯނިކް އައިޓަމްތައް ވަރަށް ހެޔޮ އަގުގައި ލިބެން ހުންނާނެ ކަމަށެވެ.

އަދި މި ސޭލްގައި އެހެނިހެން ސާމާނު ވެސް އަގު ހެޔޮކޮށް ލިބޭނެ އިންތިޒާމެއް ހަމަޖައްސާފައިވާއިރު ފިލިޕްސް، ހިޓާޗީ، ނިޕޯން، މަކިޓާ އަދި ސުޕަމާޓްއިން ވިއްކާ ގޭތެރޭގެ ސާމާނާއި ބަދިގެއަށް ބޭނުންވާ ތަކެތި ލިބެން ހުންނާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މިއީ އެސްޓީއޯއިން ކޮންމެ އަހަރަކު ވެސް ބާވާ އަދި އާންމުންގެ ތަރުހީބު ބޮޑު ސޭލެކެވެ. މި ސޭލް ކުރިއަށް ދާނީ ޖުލައި މަހުގެ 2 އިން 6 އަށް އަމީނީމަގު އެސްޓީއޯ ސުޕަމާޓް ގުދަނުގަ އެވެ.

ވެއާހައުސް ސޭލްގެ މުއްދަތުގައި ސޭލް ފަށާނީ ރޭގަނޑު 10:00 އިން 11:00 އަށެވެ. ނަމަވެސް ފަހު ދެ ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 ކުރިއަށްދާނެ އެވެ. ވެއާ ހައުސް ސޭލަށްދާ ކޮންމެ ކަސްޓަމަރަކަށް ކޫޕަނެއް ދޭއިރު ކޮންމެ ރެއަކުވެސް ނަސީބުވެރި ފަރާތެއް ހޮވައި އިނާމު ދޭނެ އެވެ.