ހަބަރު

ދައުލަތުގެ ހަރު މުދާ ބެލެހެއްޓުމަށް އެސެޓް ޕޯޓަލް ގާއިމްކޮށްފި

Jun 27, 2019
1

ދައުލަތުގެ ހަރު މުދާ ބަލަހައްޓަން ހާއްސަކޮށް "އެސެޓް ޕޯޓަލް" އެއް ފަރުމާކޮށް ބޭނުން ކުރަން ފަށަން ތައްޔާރު ވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތްވާ ގޮތަށް ދައުލަތުގެ އޮފީސްތަކުގެ ހަރު މުދަލުގެ މައުލޫމާތު ރަޖިސްޓްރީކޮށް ބެލެހެއްޓުމަށް އެސެޓް ޕޯޓަލެއް ވަނީ ގާއިމް ކޮށްފަ އެވެ.

ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލު ކުރުމާއި ބާވެ ހަލާކު ވެގެން ނުވަތަ ބޭނުން ކުރެވެން ނެތް މުދާ، ނީލަން ކިޔުމުގަ އާއި ނައްތާލުމުގައި އަމަލުކުރާނެ އުސޫލުގައިވާ ފަދައިން މުދާ ނީލަން ކިޔަން ނުވަތަ ނައްތާލަން ދައުލަތުގެ އޮފީހަކުން އެ އޮފީހުފެ މުދަލެއް ބޭނުން ބެލުމަށް އެސެޓް ޕޯޓަލް ބޭނުން ކުރާނެ އެވެ.

ފިނޭންސުން ވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މި ގޮތަށް އަމަލު ކުރަން ދައުލަތުގެ މުއަސްސަސާތަކަށް އަންނާފަ އެވެ.