ހަބަރު

ޕޯސްޓުން ގެނައި ޑްރަގްތަކެއް އަތުލައިގެންފި

ޕޯސްޓުން މާލެ އެތެރެ ކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން ބުނި ގޮތުގައި މި މަހުގެ 13 އާއ 19 ވަނަ ދުވަހު ޕޯސްޓު މެދުވެރިކޮށް ފޮނުވި ޕާރުސަލުތަކެއް ބަލާ ފާސް ކުރުމުގެ ތެރޭގައި ޕެކޭޖުތަކަކުން މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.

އެގޮތުން، ތުރުކީވިލާތުން ފޮނުވި 37 ގްރާމް ކެނަބިސް އާއި، އެމްޑީއެމްއޭ (އެކްސްޓެސީ)ގެ 61 ގްރާމްގެ ޕެކެޓަކާއި، 32 ގްރާމްގެ ޕެކެޓެއް ފޮނުވާފައިވަނީ އިނގިރޭސިވިލާތުންނެވެ. އަދި، ސްރީލަންކާ އިން ފޮނުވި އެމްޑީއެމްއޭ (އެކްޓެސީ) ގެ 02 ގްރާމް (ފަސް ގުޅަ) އަތުލައިގެންފައިވާ ކަމަށް ކަސްޓަމުން ބުނެ އެވެ.

ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެ ކުރަން އުޅުނު މަސްތުވާތަކެތީގެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް، އެތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައި ކަމަށް ކަސްޓަމްސްއިން ބުނެ އެވެ. މި ތަކެތީގެ ބަަރުދަނުގައި ޖުމްލަ 132 ގްރާމްސް ހުރިކަމަށް ކަސްޓަމްސްއިން އިތުރަށް ބުނެފައިވެ އެވެ.