ހަބަރު

ފުލުހަކަށް ހަމަލާދިން މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށްފި

Jun 28, 2019
3

ރ. މަޑުއްވަރީގައި މިއަދު ފުލުހަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، ފުލުހެއްގެ ކަރުގައި ހިފައި މާރާމާރީ ހިންގި މައްސަލާގައި ކޯޓް އަމުރެއްގެ ދަށުން 22 އަހަރުގެ ފިރިހެނަކު މިރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމައްސަލާގައި މީގެ ކުރިން ވަނީ އެކަކު ހައްޔަރުކޮށްފަ އެވެ.

މި ހާދިސާ ހިނގީ އެ ރަށިގައި ރަށު ޕިކަޕެއްގައި ނަމްބަރު ބޯޑް ހަރުނުކޮށް އަދި ލައިސެންސްނެތް މީހަކު ދުއްވަމުންދާތީވެ، ތަކުރާރުކޮށް ނަސޭހަތްދީ ޖޫރިމަނާ ޖުރުމުން ވެސް އެކަން ރަނގަޅު ނުކުރުމުން އެ ޕިކަޕް ފުލުހުން ޓޯ ކުރުމުންވެ. އެ މީހާ މާރާމާރީ ހިންގީ ގުރޫޕަކާއެކު ގޮހެވެ.