ހަބަރު

100 މީހުންނާއެކު ދަތުރުކުރި ފެރީގެ މައްސަލަ ހައްލުކޮށް މާލެ ގެންނަނީ

ހއ. އަތޮޅުން ފުރައިގެން 100 މީހުން ގޮވައިގެން ދަތުރުކުރަމުން ދިޔަ ފެރީ ލޯންޗަށް ދިމާވި މައްސަލަ ހައްލު ކުރުމަށްފަހު މާލެ އަށް ދަތުރު ފަށައިފި ކަމަށް އިން ބުނެފި އެވެ.

އެމްއެންޑީއެފް އިން ބުނީ ފަޅުވެރިންނާއެކު 100 މީހުން ގޮވައިގެން ދަތުރުކުރަމުންދިޔަ "މެރީން ހޯކްސް 2" ނަމަކަށް ކިޔާ 85 ފޫޓުގެ ފެރީގެ ހުންގާނު މައްސަލަޖެހިގެން ހުއްޓިފައިވަނީ ކ. ތުޅާގިރި ގެ 10 މޭލު ދުރުން ކަމަށެވެ. އެ ހާދިސާ ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރުފަހު އެވެ.

އަދި މި ފެރީއަށް ދިމާވި މައްސަލަ ހައްލުކޮށް މިހާރު މާލެ އަށް ދަތުރު ކުރަމުން ދާ ކަމަށް އެމްއެންޑީއެފުން މަައުލޫމާތު ދެ އެވެ.