ފިރިހެނުންގެ ވައްތަރު އެނގިޖެޔޭ ނުވަތަ ދަސްވެއްޖެޔޭ ކިޔާފައި އަންހެނުން އާންމުކޮށް ހަޅޭފަޅޭ ޖަހައިގަންނަނީ އެކުގައި އެތައް އަހަރެއް ހޭދަކުރާ ފިރިމީހާ ނުވަތަ ލޯބިވެރިޔާ ކެއްސެއް ދޭ ހިސާބުންނެވެ. ކޮންމެވެސް އެހެން އަންހެނަކާ އެކު އެނދަށް އަރައި އޮތްވައި ބަސްޓުވާ ހިސާބުންނެވެ.
އެހެންވީމަ ބުނަން ޖެހެނީ، ގިނަ އަންހެނުންނަކަށް ފިރިހެނުންގެ އަސްލު ވައްތަރެއް ނޭނގޭ ކަމަށެވެ. ނަމަވެސް އެކުގައި އުޅޭ އަންހެން މީހާ އަށް ނުވަތަ ލޯބިވެރިއެއްގެ ގޮތުގައި ގެންގުޅޭ އަންހެން ކުއްޖާ އަށް ގިނަ ފިރިހެނުން ދޯކާ ދިނަސް ސައިންސަކަށް އޮޅުވައެއް ނުލެވޭނެ އެވެ.
އެހެންވީމަ މޭ ފުއްޕާލާފައި ފާޑުފާޑަށް މި އުޅޭ ފިރިހެނުންނާ ބެހޭ ގޮތުން "ސައިންސް" ބުނަނީ ކޮން ވާހަކަތަކެއްތޯ ބަލައިލުން ކިހިނެތްވާނެ ހެއްޔެވެ؟
މިއީ ދިރާސާތަކުން ސާބިތުކޮށްފައިވާ ކަމެކެވެ. ފިރިހެން މީހާ އަކީ ނިކަން މުއްސަނދި އަދި އެހާމެ ރީތި މީހެއް ނަމަ މިއީ ފިރިހެން މީހާގެ ހިތަށް އިޝްގީ ތީރު ހަރައި ޒަޚަމްކޮށްލާނެ ކަމެކެވެ.
ތަޖުރިބާކާރުން ބުނަނީ މުއްސަނދިކަމާ އެއްވަރުގެ ރީތި ކަމެއް ލިބުމަކީ، ވަރަށް ގިނަ އަންހެން ކުދިންގެ އިތުބާރު ހޯދަން ފިރިހެން މީހާ އަށް އުނދަގޫވާ ކަމެއް ކަމަށެވެ. ރީތި އަދި މުއްސަނދި ފިރިހެން މީހާ އަށް އިތުބާރުކުރަން އަންހެނުން ބިރު ގަންނަނީ ކަމަށް ބުނެވެ އެވެ. އަދި އެފަދަ ދިރިއުޅުމެއް ލިބޭ ފިރިހެން މީހާގެ ކުރިމަތީގައި އަންހެން މީހާގެ މާ ބޮޑު އަގެއް ނޯންނަ ކަމަށްވެސް ދިރާސާތަކުން ދައްކަ އެވެ.
ފަހަރެއްގައި ސިފަ ހުތުރުކޮށް ތިބޭ މަހުޖަނުންގެ އުނގަށް ރީތި ޒުވާން އަންހެން ކުދިން ވެއްޓެނީ މި ސަބަބާ ހެދި ކަމަށް ވެދާނެ އެވެ.
މިއީ ދިރާސާތަކުން ދައްކާ ގޮތެވެ. އަންހެން ކުދިންގެ ހިތްތައް ކަތިލާ ފަދަ ސިފަތައް ލިބިފައިވާ ފިރިހެނުންނަކީ އުފާވެރި ހަޔާތެއް ތަރައްގީކުރުމަށް މާ ބޮޑު އެއްބާރުލުމެއް ނުވަތަ އެހީއެއް ވާނެ ބައެއް ނޫނެވެ. ނަމަވެސް އެއް ގުޅުމަކަށް ފަހު އަނެއް ގުޅުމެއް ފައްކާކުރަމުން ކުރިއަށް ދިއުމުގައި ރީތި ފިރިހެނުން ވަރެއް ނެތެވެ.
ދިރާސާތަކުން އަދި ދައްކާ ގޮތުގައި ރީތި ފިރިހެނުންނަކީ ކައިވެނީގެ ގުޅުމުން ނުވަތަ އޭގެ އަރާމުން ބަނޑުފުރޭ ބައެއް ވެސް ނޫނެވެ.
ފިރިހެނަކު މަޖާވުމަކީ އެމީހަކަށް އަންހެނަކު ޝައުގުވެރިވާނެ ސިފައެކެވެ. ފިރިހެނަކު މަޖާވުމަކީ އެމީހެއްގެ ވިސްނުމުގެ ކުޅަދާނަ ކަމާއި އުކުޅުތަައް ހާމަކޮށްދޭ ސިފައެކެވެ.
ދިރާސާތަކުން އެނގިފައި ވަނީ މިހެންނެވެ. އެހެންވީމަ މަޖާ ފިރިހެނަކަށް އަންހެނަކާ އެކު އަނގައެއްތަޅާލައިގެން އެ އަންހެން ކުއްޖާ ގޮވައިގެން ބޭރަށް ގޮސް އުފާކޮށް ލޯބިކޮށްލެވިދާނެ އެވެ. އަނގައި ނުބުނެ އިންނަ ނުވަތަ އަނގައިން ބުނަން ނުކެރޭ ފިރިހެން މީހާގެ އުމުރު ދެބައިވާއިރު ވެސް އަންހެނަކު ނުލިބިފައި އިންނަން ޖެހުމަކީ ވެސް މި ވާހަކަ އަށް ބާރު ދޭ ކަމެކެވެ.
ތަޖުރިބާކާރުން ބުނަނީ ފިރިހެނަކު އަންހެނަކަށް ހިތްކިޔާ ގޮތް ބިނާވެފައި އޮންނަނީ އެމީހެއްގެ އިގްތިސާދީ ހާލަތު ހުންނަ ގޮތަކުން ކަމަށެވެ. މިސާލަކަށް ފިރިހެން މީހާ އަކީ ފަގީރު މީހެއް ކަމުގައިވާ ނަމަ އެ މީހަކު އާންމުކޮށް ހިތްކިޔާނީ ފަލަކޮށް ތިބޭ ބޮޑެތި އަންހެނުންނަށް ކަމަށެވެ.
ފަހަރެއްގައި މެކްސިކޯގައި މިހާރު އެ ދިމާވެގެން އުޅެނީ މިކަހަލަ ކަމެކެވެ. އެގައުމުގެ ޓީވީ ޗެނަލަކަށް އަރައި މޫސުން ގެނެސްދޭ އަންހެން މީހާ އަށް ފިރިހެނުންގެ ހިތްތައް ބަންޑުންގެ މޫސުމުގައި ވާނުވާ ބެލުމަށް ވުރެ ބޮޑަށް ގިނަ ފިރިހެނުން ޝައުގުވެރިވެފައި ވަނީ އަންހެން މީހާގެ ހަރަކާތްތައް ބެލުމަށެވެ.