އިނގިރޭސި ވިލާތުގެ ކެމްބްރިޖް ޔުނިވާސިޓީއާ ގުޅިގެން ޓީޗަރުންގެ ކޮންފަރެންސެއް ރާއްޖޭގައި ބާއްވަން ނިންމައިފި އެވެެ.
ނެޝެނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން (އެންއައިއީ) އިންތިޒާމްކުރާ މި ކޮންފަރެންސް ބާއްވާނީ އެޑިއުކޭޝަން މިނިސްޓްރީ އާއި ކެމްބްރިޖް ޔުނިވާސިޓީއާއި ގުޅިގެން އަންނަ ސެޕްޓެމްބަރު މަހު އެވެ. ކޮންފަރެންސް އޮންނާނީ އެ މަހުގެ ހަތަރުވަނަ ދުވަހާއި ފަސްވަނަ ދުވަހު އެވެ.
މި ކޮންފަރެންސްގައި ރާއްޖޭގެ ޓީޗަރުންނަނާއި ތައުލީމީ ދާއިރާގައި މަސައްކަތް އެހެން މުވައްޒަފުންގެ އިތުރުން ތައުލީމީ ދާއިރާގެ މަސައްކަތް ކުރައްވާ ރާއްޖެއިން ބޭރުގެ ބައެއް ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.
އެންއައިއީގެ އެޑިއުކޭޝަން ޑިވެލޮޕްމެންޓް އޮފިސާ ކޯޑިނޭޓަރު ޝުހުދާ ރިޒްވާން މިއަދު ވިދާޅުވީ، މި ކޮންފަރެންސްގައި ސްކޫލް ތަކުގައި ދިރާާސާ ކުރުން ތަރައްގީ ކުރުމުގެ މައައުލޫމާތު ހިއްސާ ކުރާ ވޯކްޝޮޕްތައް ވެސް ކުރިއަށް ގެންދާނެ ކަމަށެވެ.
އަދި އިލްމީ ދިރާސާތައް ކުރައްވާ ބޭރުގެ ތަޖުރިބާކާރުންގެ ބައިވެރިވުމާއެކު ރާއްޖޭގެ ސްކޫލްތަކުގެ ކިޔަވައިދިނުމަށް ހެޔޮ ބަދަލުތަކެއް ގެނެވޭނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ދެކުނުން އައްޑު އަތޮޅުގައި ބާއްވާ މި ކޮންފަރެންސްގައި ސަރުކާރު ސްކޫލްތަކުގެ ދިވެހި ޓީޗަރުންނަށް ހިލޭ ބައިވެރިވެވޭނެ އެވެ. އެނޫން ފަރާތްތައް ކޮންފަރެންސްގައި ބައިވެރިވާނ 150 އެމެރިކާގެ ޑޮަލަރު ދައްކަން ޖެހޭނެ އެވެ.