ރާއްޖެ ކުޅިވަރު

ގަލޮޅު ދަނޑަށް ބޮޑު ބަދަލެއް! ވިނަގަނޑު "ގެއްލިއްޖެ"!؟

Jul 23, 2015

ގަލޮޅު ދަނޑު ކުރިން ފެންނަނީ ފެހިކޮށެވެ. ފެހި ވިނަގަނޑެއް އޮތް ތަނެއްގެ ގޮތުގަ އެވެ. އެކަމަކު މިނިވަން ދުވަހުގެ ކުޅިވަރުތަކަށް ދަނޑަށް މިވަނީ ބޮޑު ބަދަލެއް ގެނެސްފަ އެވެ. ކުރިން ދަނޑަށް ވަދެ އުޅޭ މީހަކު މިހާރު ދަނޑު އޮތް ގޮތް ފެނިއްޖެ ހައިރާން ވާނެ އެވެ. އެހާ ވެސް ބޮޑު ބަދަލެއް އެ ތަނަށް އަތުވެއްޖެ އެވެ. އެންމެ ބޮޑު ހައިރާންކަމެއް ލިބޭނީ ދަނޑުގެ ވިނަގަނޑު ވީ ތަނެއް ނޭނގޭތީ އެވެ. ދަނޑުގެ ވިނަގަނޑު "ގެއްލިއްޖެ" އެވެ!؟

ވިނަގަނޑު ހިމާޔަތް ކުރުމަށް ހާއްސަ ހެދުމެއް ލެއްވީ އެވެ. ދަނޑުގައި މިމަހުގެ 26 ވަނަ ދުވަހު ބާއްވާ ހެވިކަމާއި ކުޅިވަރުގެ ހަރަކަތްތަކަށްޓަކައި ވިނަގަނޑު ވަނީ ހިމާޔަތް ކޮށްފަ އެވެ. ވިނަގަނޑުގައި ހިމާޔަތް ކުރުމަށްޓަކައި މިވަނީ ހާއްސަ "ޕްރޮޓަކްޓާ ލޭޔާ އެއް" ލާފަ އެވެ. ޓާފް ޕްރޮޓެކްޓާއެއް އަޅުވާފަ އެވެ.

މި ޕްރޮޓެކްޓާގެ ސަބަބުން ކުރިން ފެހި ކުލައިގައި ފެނިގެން ދިޔަ ދަނޑުން މިހާރު ފެންނަނީ އަޅި ކުލައިގަ އެވެ. ދަނޑުގެ ބޭރުގައި ކުރިން ހުރި ކުލަވެސް މިވަނީ ބަދަލުވެފަ އެވެ. މުޅިގަނޑު މިވަނީ ގައުމީ ކުލައަށް ވެފަ އެވެ.