ހަބަރު

ދެ މަސްތެރޭ މާވަރުލު އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސާނެ: އެމްޓީސީސީ

ކުރިޔަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ގދ. މާވާރުލު އެއާޕޯޓުގައި ޓެސްޓް ފްލައިޓް ޖެއްސޭވަރު ވާނެ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އެމްޓީސީސީގެ ޕަބްލިކް ރިލޭޝަން އޮފިސަރު އަލީ ޒައިން މިއަދު ވިދާޅުވީ އެ އެއާޕޯޓުގެ 90 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށާއި އަމާޒަކީ ދެ މަސް ތެރޭގައި މާވަރުލަށް ޓެސްޓް ފްލައިޓް ޖެއްސުން ކަމަށެވެ.

އެއާޕޯޓުގެ ރަންވޭގެ އިތުރުން އޭޕްރަން އާއި ޓެކްސީވޭގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ވެސް އެމްޓީސީސީއާ އެވެ.

މާވަރުލު އެއާޕޯޓަކީ 57 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާ އެއާޕޯޓެކެވެ. މާވަރުލު އެއާޕޯޓްގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކުރީ މިދިޔަ އަހަރު މާޗް މަހުގަ އެވެ.