ހއ. ހޯރަފުށި ސިއްހީ މަރުކަޒު ހޮސްޕިޓަލްއަކަށް ބަދަލުކުރަން އަޅަންޖެހޭ އިމާރާތް ޑިޒައިންކޮށް ކުރެހުންތަކާއި ބީއޯކިޔު ހަދާދޭނެ ފަރާތެއް ހޯދަން ހެލްތް މިނިސްޓްރީން އިއުލާން ކޮށްފި އެވެ.
މިނިސްޓްރީން އިއްޔެ ކުރި އިއުލާންގައި ވަނީ ހޯރަފުށީ ހޮސްޕިޓަލް ޑިޒައިންކޮށް ބީއޯކިޔު ހަދައިދޭން ޝައުގުވެރިވާ ފަރާތްތައް މިއަދުން ފެށިގެން މިހަފްތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރެޖިސްޓާ ކުރުމަށެވެ.
އިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް ރެޖިސްޓާ ކުރުމުން ލިބޭނެ ކަމަށާއި އަންނަ އާދިއްތަަ ދުވަހު ހެނދުނު ޕްރީބިޑް ސެޝަންއެއް މިނިސްޓްރީިގައި އޮންނާނެ ކަމަށްވެސް އިއުލާންގައިވެ އެވެ.
އަންދާސީ ހިސާބު ހުށަހެޅުން އަންނަ ހަފްތާގެ ބުދަ ހެނދުނު މިނިސްޓްރީގައި އޮންނާނެ ކަމަށްވެސް އިއުލާންގައިވެ އެވެ.