ހަބަރު

ކޯޓުތަކުގައިި ޖިންސީ ފުރައްސާރަކުރާ މިންވަރު ބަލަން ދިރާސާއެއް ހަދަނީ

Jul 1, 2019
5

ޝަރުއީ ކޯޓުތަކުގައި ޖިންސީ ފުރައްސާރަ ކުރަމުންދާ މިންވަރު ބަލަން ދިރާސާއެއް ހަދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީ އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ކޮމިޝަންގެ ޑިރެކްޓާ ހަސަން ޒަހީން ވިދާޅުވީ ފަހަކަށް އައިސް ކޯޓުތަކުގައި ޖިންސީ ފުރައްސައިގެ މައްސަލަތައް ގިނަ ކަން ފާހަގަ ކުރެވޭ ކަމަށާއި އެކަން ހައްލު ކުރާނެ ގޮތަކާ މެދު ކޮމިޝަން އިން މަޝްވަރާކޮށްފައިވާ ކަމަށެވެ. އެގޮތުން ކޯޓުތަކުގައި ޖިންސީ ފުރައްސާރަ އޮތް މިންވަރު ބަލަން ދިރާސާއެއް ހަދަން މިއަދު ނިންމާފައިވާާ ކަމަށް ވެސް ޒަހީން ވިދާޅުވި އެވެ.

ފަހަކަށް އައިސް ފަނޑިޔާރުންނާއި ކޯޓުތަކުގެ ގިނަ މައްސަލަތަކެއް ބަލައި ދިރާސާތައް ހަދަން ނިންމުން އަންނަ ޖޭއެސްސީ އިން ވަނީ ސުޕްރީމް ކޯޓުން ނުފޫޒު ފޯރުވާ މިންވަރު ބަލަން ވެސް ދިރާސާއެއް ހަދަން ނިންމައިފަ އެވެ.