ދިއްފުށި

މަރުވެފައި އޮތް ކިނބުލެއް ދިއްފުށި ކައިރިން ފެނިއްޖެ

ކ. ދިއްފުށީ މޫދުން މަރުވެފައި އޮތް ކިނބުލެއް ފެނިއްޖެ އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އާޒިމް އިބްރާހިމް "އަވަސް" އަށް މިރޭ ވިދާޅުވީ ދިއްފުށީ ކައިރިން މަރުވެފައިވާ ކިނބުލެއް ފެނިފައިވާ ކަމަށާއި އޭތި އޮތީ ގިނަ ދުވަސްވެގެން އޮޔާ ލައްގާފައި ކަމަށެވެ. އެކަން ރިޕޯޓު ކުރުމުން އެ ސަރަހައްދަށް ސިފައިން ދިޔަ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

ދިއްފުށީ ކައުންސިލް މެންބަރަކު "އަވަސް" އަށް މިރޭ ވިދާޅުވީ އެ ކިނބޫ ފެނިފައި ވަނީ މިއަދު މެނދުރު ކަމަށާއި އެއީ ވަރަށް ބޮޑު ކިނބުލެއް ކަމަށެވެ.

ކިނބުލެއް ފެނިފައި ވަނީ މާލޭ ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބޫއަށްވީ ގޮތެއް ނޭނގޭ ކަމަށާއި އެކަން ބަލާނެ ކަމަށް އެމްއެންޑީއެފް އިން ދާދި ފަހުން ބުނެފައި ވަނިކޮށެވެ.