ހަބަރު

ކަނޑުމަތީގައި ހާލު ދެރަވި މީހަކު މާލެ ގެނެސްފި

ބޮޑު ކަންނެލީގެ މަސްވެރި ކަމަށް ނުކުމެ އުޅުނު ދޯންޏެއްގައި ހުރި ފަޅުވެރިޔަކު ހާލު ދެރަވެގެން އެމްއެންޑިއެފްގެ އެހީތެރިކަމާއެކު މާލެ ގެނެސް ފަރުވާ ދޭން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ ކ. ދިއްފުށީގެ 80 މޭލު ބޭރުގައި ކަންނެލި މަސްވެރިކަން ކުރަމުން ދިޔަ ދޯންޏެއްގެ ފަޅުވެރިޔަކު ކުއްލިއަކަށް ހާލު ދެރަވެގެން ސިއްހީ އިތުރު ފަރުވާއަށް އެދުމުން އެ މީހާ މާލެ ގެނެސްފައިވާ ކަމަށެވެ.

ފަޅުވެރިޔާގެ ހާލު ކުއްލިއަކަށް ގޯސްވީ، ހޮޑުލެވުމަށް ފަހު މުޅި ހަށިގަނޑު އައްސިވެގެނެވެ، ހާލުދެރަވި އެމީހާއަކީ އުމުރުން، 39 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މަސްވެރިކަމުގައި އުޅެނިކޮށް ހާލިު ދރަވެގެން މިދިޔަ މަހުގެތެރޭގައި މީހަކު މަރުވެފައި ވެއެވެ.