ހަބަރު

ދިއްފުށީ ކައިރިން ބޭރުގެ މަސްބޯޓެއް

މާލެ އަތޮޅު ދިއްފުށީ ކައިރިން ބޭރުގެ މަސްބޯޓެއް ފެނިގެން ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ ބޭރުގެ މަސްބޯޓެއް ދިއްފުށީ ބޭރުން ފެނުނު ކަމުގެ އެކަމުގެ ރިޕޯޓު ލިބުމުން އެ ސަރަހައްދުގައި މިހާރު ކޯސްޓްގާޑް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އެ މަސްބޯޓު ފެނިގެން ރިޕޯޓުކޮށްފައިވަނީ ދިވެހި ދެ މަސްދޯންޏަކުންނެވެ.

މީގެ ކުރިންވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަން އުޅޭ އެކި ގައުމުތަކުގެ މަސްބޯޓުތައް ވަނީ އަތުލައިގެންފަ އެވެ. އެކަމުގައި މަސްވެރިންގެ އެހީތެރެކިން ބޮޑެވެ.