ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި އޮންނަ އަލިވާން ނިއްވާ ސްކޮޑަށް އަންހެނުން ނުކުނަން ތައްޔާރު ވެއްޖެ އެވެ.
ރާއްޖޭގެ އެއާޕޯޓުގެ ތާރީހުގައި ފުރަތަމަ ފަހަރަށް އެއާޕޯޓް ފަޔާ ފައިޓަރުންގެ ގޮތުގައި އަންހެނުން ގުޅެން ތައްޔާރު ވުމަކީ ތާރީހީ ކަމެކެވެ.
އެމްއޭސީއެލް އިން ބުނީ އެއާޕޯޓް ރެސްކިއު އެންޑް ފަޔާ ފައިޓިން ސާވިސަސް (އޭއާރުއެފްއެފް) ގައި މަސައްކަތް ކުރަން އަންހެނުން ނެރުމުގެ ގޮތުން އިންޑޮނޭޝިއާގައި އޮންނަ ބޭއްވި ބޭސިކް ފަޔަ ފައިޓިން ކޯހެއްގައި 12 އަންހެނު މުވައްޒަފުން ބައިވެރިވާން ފުރާފައިވާ ކަމަށެވެ. މި މުވައްޒަފުން ދެ މަސް ދުވަހުގެ މުއްދަތަށް ތަމްރީން ވާނީ ޕްލަމްބަންގް އޭވިއޭޝަން ޓްރެއިން އެކެޑަމީގަ އެވެ. އެމްއޭސީއެލްގެ އެކްޓިން އެމްޑީ މޫސާ ސޯލިހު ވަނީ އިއްޔެ މި ކުދިންނާ ބަދަލުކޮށްފަ އެވެ.
އެމްއޭސީއެލް އޭއާރުއެފްއެފްއަކީ ދިވެހި ސިފައިންގެ ފަޔާ އެންޑް ރެސްކިއު ނަގާފައި ރާއްޖޭގައި މި ދާއިރާއިން އެންމެ ބޮޑަށް ތަމްރީން ވެފައި ތިބި މީހުން މަސައްކަތް ކުރާ އެއް ތަނެވެ. އޭއާރުއެފްއެފް އިން ވަނީ ރާއްޖޭގައި ހިނގި ބޮޑެތި އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމުގައި ހަރަކާތެރިވެފަ އެވެ. އެންމެ ފާހަގަ ކޮށްލެވޭ އެއް ހާދިސާއަކީ ކޯސްޓްލައިންގައި އަލިފާން ރޯވި ހާދިސާ އެވެ.