ދިވެހި ސިނަމާ

ޑާކްރެއިންގެ "މާމުއި" އޮލިމްޕަހަށް

ޑާކްރެއިންގެ ކޮމެޑީ އުފެއްދުމެއް ކަމަށްވާ "މާމުއި" ރޭ އޮލިމްްޕަހުގައި އަޅުވައިފި އެވެ.

މި ފިލްމު މާމުއި އަޅުވާފައި ވަނީ ރެޑް ކާޕެޓުގެ ހަރަަކާތަކަށްފަހު އެވެ. ފިލްމަށްފަހު، ގިނަ ބެލުންތެރިންގެ ތައުރީފު މި ފިލްމަށް އަންނަނީ ލިބެމުންނެވެ. ތަފާތު ނަންތަކަކާއެކު ކޮންސެޕްޓާއި ސިނަމެޓޮގްރަފީގެ ވެސް މުޅިން އާ ގޮތްތަކެއް ހިމަނައިގެން ޑާކްރެއިން އިންް އުފެއްދި، މި ފިލްމުގެ މޮޅު ކަމަށް ބުނެ ބައެއް ފިލްމީ ތަރިން ވެސް ވަނީ ތަައުރީފް ކޮށްފަަ އެވެ.

ޑައިރެކްޓަރު އަަދި ބަތަލާ ރިޝްމީ ރަމީޒް ވަނީ މި ފިލްމަކީ ދިވެހި ސިނަމާގައި އެޅުވި އެންމެ މޮޅު ކޮމެޑީ ފިލްމު ކަމަށް ބުނެފަ އެވެ. އަދި، ފިލްމުގެ އެކްޓަރުން އެ މީހެއްގެ ރޯލު ގެނެސްްދީފައިވާ ގޮތަށް ރިޝްމީ ވަނީ ތައުރީފް ކޮށްފަަ އެވެ.

"މި ފިލްމާ ބެހޭ ގޮތުން އެއްޗެއް ބުނަަންޏާ ބުނެވޭނީ، މީ މިހާތަނަށް ބެލުނު އެންމެ ސަޅި ދިވެހި ކޮމެޑީ ފިލްމޭ. ހިންދީ އިނގިރޭސި އަދި ދިވެހި ފިލްމުތަައް އެއްކޮށްލިއަސް މި ފިލްމު ހަމަ ޔަގީނުން ވެސް އުޅޭނެ ޓޮޕް ފައިވް ފޭވަަރިޓް ކޮމެޑީ ފިލްމުތަކުގައި" ރިޝްމީ ބުންޏެވެ.

ޑާކްރެއިން އިން މިހާތަނަށް އުފައްދާފައިވާ ފިލްްމުތަކުގެ ތެރެއިން މި ފިލްމަކީ އެ ޓީމުން އެންމެ ހަރަދު ކޮށްގެން އުފައްދާފައިވާ ފިލްމު ކަމަށް ޕްރޮޑިއުސަރު ބުނެ އެެވެ. އަދި، މި ފިލްމުގެ ބައެއް މަންޒަރުތައް ޔޮޓެއްގަ އާއި ޖެޓެއްގައި ވެސް ވަނީ ނަގާފަަ އެވެ.

ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) އާއި އައިޝަތު ފުއާދު ތައުފީގު އުފެއްދި މި ފިލްމު ޑައިރެކްޓު ކުރީ އަލީ ޝިފާއު (ޗިއްޕެ) އެވެ. ސްކްރީންޕްލޭ ލިޔުނީ އައިޝަތު އާއި އަހްމަދު ތޮލާލެވެ. އަދި ސިނެމަޓޯގްރާފީގެ މަސައްކަތް ކުރަނީ ޗިއްޕެއާއެކު އަހްމަދު ޝިނާނެވެ. މުޅި ފިލްމުން ވެސް އެންމެ ބޮޑު ތަފާތެއް ދެއްކި ކަމަށް ގިނަ ބަޔަކު ބުނަނީ ފިލްމުގެ ސިނަމެޓޮގްރަފީ އެވެ.