ކުޑަހުވަދޫ

ދެބެން މާރަމާރީ ހިންގައި ވަޅިން ހަމަލާދިން މައްސަލައެއް ބަލަނީ

Jul 2, 2019
1

ދެބެއިންގެ ދެމެދު މާރަމާރީއެއް ހިނގައި ވަޅިން ހަމަލާދިން މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

އެނގިފައިވާ ގޮތުގައި މާރަމާރީއެއް ހިންގާފައި ވަނީ ދ. ކުޑަހުވަދޫގައި އެއްބަނޑު އެއްބަފާ ދެ އަންހެން ކުދިންގެ މެދުގަ އެވެ. އުމުރުން އަދި 18 އަހަރު ނުފުރޭ މި ދެ ކުދިންގެ މެދުގައި ޖެހުނު މައްސަލައަކާ ހެދި އެއް ކުއްޖަކު ވަޅިއެއް އެއްލާ އަނެއް ކުއްޖާ ޒަހަމްކޮށްލައިފައި ވެ އެވެ. ނަމަވެސް އެ ޒަހަމް އެހާ ބޮޑެއް ނޫނެވެ.

ފުލުހުން ބުނީ ރޭ އިރާކޮޅުގެ އެ ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށެވެ.