އާތިފު ޝަކޫރު

ވެރިންނަށް އެނގޭ، އިސްތިއުފާދިނީ ހިޔާނާތް ނުހުއްޓުވޭނެކަން އެނގުމުން: އާތިފު

Jul 2, 2019
7
އައިޔޫގެ ކުރީގެ ވެރިޔާ އާތިފް ޝަކޫރް -- ފޮޓޯ: ވީނިއުސް
0%
50%
50%

އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ބޮޑު ހިޔާނާތުގެ މައްސަލަ އޭރު ވެރިކަމުގައި ތިބި ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކަމަށް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ އެއިރުގެ ވެރިޔާ އާތިފު ޝަކޫރު ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ބައިވެރިވެރި އެސްއޯއެފް ކުންފުނިން މަނީ ލޯންޑަރިންގެ އަމަލުތައް ހިންގިކަން އެފްއައިޔޫގެ ރިޕޯޓުގައި ބަޔާން ކުރި ނަމަވެސް އެ މައްސަލާގައި އެސްއޯއެފް އަށް އެއްވެސް ފިޔަވަޅެއް ނަޅާއި ދޫކޮށްލަން ނިންމީ އާތިފް އަންގައިގެން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ނެރުނު ރިޕޯޓެއްގައި ވަނީ ބުނެފަ އެވެ.

އެ ނިންމުން ނިންމީ އޭނާގެ މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައި ދިނުމަށް ކަން ސާބިތު ކުރެވޭ ވަރަށް ހެއްކާއި ގަރީނާ ލިބިފައިވާ ކަމަށާއި އެ މައްސަލައިގައި އާތިފުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައި ދިނުމުގެ ކުށުގެ ދައުވާ ކޮށްދިނުމަށް އެދި މިދިޔަ ފެބްރުއަރީ މަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި ކަމަށް ވެސް އޭސީސީން ބުންޏެވެ.

އެކަމާ ގުޅިގެން، އާތިފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ އެ ޔުނިޓުގެ ވެރިޔާގެ ގޮތުގައި ހުންނެވީ އެންމެ ހަތް މަސް ދުވަސް ކަމަށާއި، ޖޫން 2014 އިން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް ހިންގި ހިޔާނާތް ގައުމުގައި އޭރު ތިއްބެވި ހުރިހާ ވެރިންނަށް އެކަން އެނގިވަޑައިގަންނަވާނެ ކަމަށެވެ.

"އޭރު ވެރިކަމުގައި ތިބި ވެރިންނަށް އެކަން އެނގޭ. އެކަން ނުހުއްޓުވޭނެކަން އަޅުގަނޑަށް އެނގުމުން އަޅުގަނޑު މަގާމުން އިސްތިއުފާދިނީ އެކަން ހުއްޓުވޭނެ މީހަކަށް ފުރުސަތު ދޭން،" އާތިފް ވިދާޅުވި އެވެ.

އެ މަގާމުގައި ހުންނެވި ހަތް މަސް ދުވަހު އެ ޔުނިޓަށް ކޮށްދީފައިވާ ހިދުމަތްތަކާ ގުޅިގެން ކުރެވޭ ތުހުމަތުތަކަށް ފުރިހަމައަށް ޖަވާބުދާރީވުމަށް ތައްޔާރަށް ހުންނެވި ކަމަށް އާތިފް ވަނީ ކުރިން ވިދާޅުވެފަ އެވެ.

އޭސީސީން މިއަދު ނެރުނު ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެފްއައިޔޫގެ ރިޕޯޓުގެ އެނަލައިޒް ކުރަމުން ދިޔައިރު ވެސް އެމްއެމްޕީއާރުސީގެ ފައިސާ ޖަމާކުރި އެސްއޯއެފްގެ އެކައުންޓް މެދުވެރިކޮށް ހިންގާފައިވާ މުއާމަލާތްތަކަކީ މަނީ ލޯންޑަރިންކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް އެފްއައިޔޫގެ ވެރިޔާގެ މަގާމުގައި އެއިރު ހުންނެވި އާތިފްއަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި އެ ރިޕޯޓް ތަހުގީގީ އިދާރާއަކަށް ނުފޮނުވަން ނިންމައި ފައިލް ކުރިއިރު ވެސް އެއީ ތަހުގީގު ކުރަން ފޮނުވަން ޖެހޭ ރިޕޯޓެއް ކަން އެނގޭ ކަމަށް އާތިފް އިއުތިރާފްވި ކަމަށް ވެސް އޭސީސީން ބުންޏެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިޒަމްގެ ބޭނުމަށް ފަޅުތަކާއި ރަށްތައް ދޫކޮށްގެން ދައުލަތަށް ލިބިގެން ޖެހޭ 1.3 ބިލިއަން ރުފިޔާއަށް ހިޔާނާތްވެރިވެފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. ހިޔާނާތުގެ މައްސަލައާ ގުޅިގެން އެފްއައިޔޫ އިން ތައްޔާރުކުރި އެނަލިސިސް ރިޕޯޓުގައި މަނީ ލޯންޑަރިންއަށް ތުހުމަތު ކުރެވޭ ކަންތައްތައް ފާހަގަކޮށްފައިވީ ނަމަވެސް އޭޕްރީލް 6، 2015 ގައި ރިޕޯޓުގައިވާ ކަންކަން ތަހުގީގީ އިދާރާއަކަށް ނުފޮނުވަން އެ ޔުނިޓުން ނިންމި އެވެ.

7 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ލީމާން ޒާހިރު

މިބެފުޅާގެ އާއިލާއަކީ ދައުލަތަށް ވާރުތަ އަރާ ބަޔެއް..! މައުމޫނު ސަރުކާރުގައި ބައްޕަޔަށް ހިލޭ ފައިސާދީގެން ގެ އަޅާދިނީ... އަޒިމާ ދައުލަތް ވިއްކާފައި ޕްލެޓިނަމް ޕްލެޓް ގަތީ.. މި މީހުން ދިވެހި ދައުލަތް ބޭނުން ކުރަނީ އާއިލީ މީހުން ހިނގާ ކަންމަތީ ފިހާރަހެން ކޮންމެ ސަރުކާރެއްގަވެސް މިނިސްޓަރުން ގެ ފެންވަރުގައި... ތިބެނީ ހީވަނީ އެހެން ބަޔަކުނެތީހެން.. މިހާރުވެސް މުސްކުޅި މާމަ އެހެރީ ހައުސިންގަ.. ވާކަމެއް ހަރާމުން ހަރާމް.

އެމްއެމްޕީއާރުސީ

ޒިންމާ އަދާކުރަން ފަސްޖެހުނީ ކީއްވެ؟ މަޤާމުން ވަކިވެފަވެސް އެވާހަކަ ނުދެއްކީ ކީއްވެ؟

ައަބޫ ބަކުރު

މިހާރުވެސް، މި ސަރުކާރުންވެސް ތިކަންތައް ކުރޭ. މާބޮޑަށް ވެސް. ހިތާމައަކީ އެކަން އެނގިތިބެ ވާހަކަ ދައްކާތީ، މިހާރުގެ މިނިސްޓަރުންގެ ނުފޫޒު ކުޑައެއް ނޫން.

އައްޔަ19

މި ސަރުކާރުގައި އަލިފާން ރޯވުމުން، ފެން ޖައްސަވަނީ ދެއްތޯ؟

ދޭބަލަ

ޕާކިން މައްސަލަ އަށް ހައްލު ނުހޯދައި ސްޓިކާ ޖަހާތީ އައިޝާއާ ސުވާލުކުރަނީތޭ އެހެންތޭ ތަމެން މަޖްލީހުގެ މެމްބަރުން ނަށް މުސާރަ ދެނީ ޕާރކިންގް ސްޓިކާ ޖަހައިގެން ލިބޭ ފައިސާ އިންނޭ މަޖްލީހުގެ މެމްބަރުން ދެ ބަނޑަށް ކޮންމެ ދުވަހަކު މަޖްލީހުގެ އިދާރާ ތެރޭން ބަނޑުއަޅާލާ ތަކެތި ހޯދަނީ އެއީ ތަނަކުން އުފުރައިގެން ހޯދާ ފައިސާ އަކުން ނޫނޭ އެއީ ދައުލަތުގެ ބަޖެޓަށް ސްޓިކާ ޖަހައިގެން ލިބޭ ފައިސާއިންނޭ ތަމެން ދެން މަހަށް ދާންވީ އެއް ނޫންތޭ މަހަށް މަހަށް މަހަށް

ކޮމެންޓް ހަފީޒާ

އާތިފުގެ އާއިލާއިން ކޭވަރު ބަލައެއް ނުނިމޭ ދުވަހަކުވެސް މި ސަރުކާރުގައިވެސް އާތިފާއަށް މިނިސްޓަރުކަން ދީގެން ކަނީ

ފަރީޝާ

ރުފިޔާ ކައިކައިފަ ބަސްޓުވީމަ އެންމެންވެސް ސަލާމަތްވާން މޮޅެތި އެއްޗިސް މިކިޔަނީ..އެކަމަކު މި މީހުނަކަށް ނޭނގެ ކިޔާ އެއްޗެހި ދިމާނުވާ ކަމެއް

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345