ދުނިޔެ

ބޮޑުމަސް ހިފައިގެން ޖަޕާނަށް ބޮޑެތި ފާޑު ކިޔުން

Jul 2, 2019

ބައިނަލް އަގުވާމީ މުއާހަދާތަކުން ބޮޑުމަސް ހިފުން މަނާކޮށްފައި ވަނިކޮށް ޖަޕާނުން ބޮޑުމަސް ހިފުމުން ދުނިޔޭގެ ފާޑު ކިޔުން އެ ގައުމަށް އަމާޒު ވެއްޖެ އެވެ.

ބޮޑުމަސް ހިފުން 1986 ވަނަ އަހަރު މަނާކުރުމުގެ ކުރިން، ޖަޕާނުން ދިޔައީ ވިޔަފާރީގެ ބޭނުމަށް ބޮޑުމަސް ހިފަމުންނެވެ. އަދި ޖަޕާނުން ދިޔައީ މަދު މަދުން ރިސާޗްތަކަށް ވެސް ބޮޑުމަސް ހިފަމުންނެވެ.

ބޮޑުމަސް ހިފި މައްސަލައިގައި ޖަޕާނަށް ފާޑު ކިޔަމުންދާ ފަރާތްތަކުން ބުނެފައި ވަނީ، ޖަޕާނުން ބޮޑުމަސް ހިފަނީ ކެއުމުގެ ބާވަތެއްގެ ގޮތުގައި ބޭނުން ކުރާށެވެ. އެ ތުހުމަތު ދޮގޮކޮށް ޖަޕާނުން ބުނީ އެގައުމުން ބޮޑުމަސް ހިފަނީ ރިސާޗް ކުރުމުގެ ބޭނުމުގައި ކަމަށެވެ. އަދި އެއަށްފަހު މަހަށް އެއްވެސް ގެއްލުމެއް ނުދީ ކަނޑަށް ދޫކޮށްލާ ކަމަށެވެ.

ނަމަވެސް އިންޓަނޭޝަނަލް ވޭލިން ކޮމިޝަން އިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަށް ދައްކާ ގޮތުން ޖަޕާނުން ވަނީ 900 ވުރެ ގިނަ ބޮޑުމަސް 2009 ވަނަ އަހަރުގެ ނިޔަލަށް ހިފައި މަރާފަ އެވެ. ޖަޕާނުން އެންމެ ފަހުން ހިފާފައިވަނީ 227 ކިލޯގެ މައިންކް ކިޔާ ބޮޑުމަހުގެ ބާވަތެއްގެ މަހެކެވެ. އެއީ ހިމާޔަތް ކޮށްފައިވާ ބާވަތެކެވެ.

ޖަޕާނުގެ ފިޝަރީސް މިނިސްޓްރީން ވަނީ 227 ބޮޑުމަސް ހިފުމުގެ ހުއްދަ ސައިންސް ޕޮރްގްރާމެއްގެ ދަށުން ދީފަ އެވެ. ޖަޕާނުން ވަނީ މީގެ ކުރިންވެސް އެމީހުންގެ ސައިންސްގެ ބޭނުންތަކަށް ބޮޑުމަސް ހިފާނެ ކަމަށް ބުނެފަ އެވެ.