މުހައްމަދު އަސްލަމް

މިނިސްޓަރު އަސްލަމް މަޖިލިހަށް ހާޒިރު ކުރަނީ

ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މާދަމާ މަޖިލިހަށް ހާޒިރުކޮށް ސުވާލު ކުރަން ނިންމައިފި އެވެ.

މިނިސްޓަރު އަސްލަމާ ސުވާލު ކުރަން ހުށަހަޅުއްވާފައި ވަނީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފެވެ. އަސްލަމް ހާޒިރު ކުރަނީ މަރަދޫގެ ބަނދަރުގެ މަސައްކަތް ހުއްޓިފައިވާތީ އެކަމާގުޅޭ ގޮތުން ސުވާލު ކުރުމަށެވެ.

މާދަމާގެ މަޖިލިހަށް މިނިސްޓަރު ހާޒިރުކޮށް ސުވާލު ކުރަން ނިންމާފައިވާއިރު ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވެސް މަޖިލިހަށް ހާޒިރު ކުރަން ވަނީ 14 ދުވަހުގެ ނޯޓިސް ފޮނުވާފަ އެވެ. އައިޝާ ހާޒިރު ކުރަނީ ގަވާއިދާ ހިލާފަށް ޕާކު ކުރާތީ ސްޓިކާ ޖަހާ މައްސަލައިގެ އެވެ،

އައިޝާ މަޖިލީހަށް ހާޒިރު ކުރަން ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ.