ހަބަރު

ބުރިޖް ސަރަހައްދަށް ކުނި އެޅުމުން ޖޫރިމަނާ ކޮށްފި

ސިނަމާލެ ބްރިޖް ސަރަހައްދުގެ ކަނޑަށް ގިނަ އަދަދަކަށް ކުނި އަޅާފައިވާތީ އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިލިއަނެއްހާ ރުފިޔާއިން ޕްލޭނިން މިނިސްޓްރީ ޖޫރިމަނާކޮށްފި އެވެ.

އީޕީއޭ އިން އެމްއެންޑީއެފް މެދުވެރިކޮށް ކުރި އިންސްޕެކްޝަނެއްގައި އެ ސަރަހައްދުގެ ކަނޑު އަޑިއަށް ގިނަ އަދަދެއްގެ ދަގަނޑު ކުނި އުކާލާފައިވާކަން ވަނީ ހާމަވެފައެވެ.

އީޕީއޭ އިން ބުނީ، މަޝްރޫއު ހިންގާ ފަރާތް ކަމަށްވާ ޗައިނާގެ ސީސީސީސީ ކުންފުންޏަށް ދީފައިވާ އީއައިއޭގެ ގަވާއިދުތަކާއި ހިލާފުވާނަމަ އެކަން ރިޕޯޓުކުރަން އަންގާފައިވާނެ ކަމަށެވެ. ނަމަވެސް އެ ކުންފުނިން މި މައްސަލަ ރިޕޯޓް ކޮށްފައިނުވާ ކަަމަށާއި އެ ކުންފުންޏާއި މުއާމަލާތު ކުރުމުން ޖަވާބުދާރީ ވެސް ނުވާ ކަމަށެވެ.

ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނާއި ހިލާފަށް މަސައްކަތް ކުރުމުން އީޕީއޭ ޕްލޭނިން މިނިސްޓްރީ ޖޫރިމަނާ ކުރީ 892،500 ރުފިޔާ އަށެވެ. މި ފައިސާ 30 ދުވަހުގެ ތެރޭގައި ދައްކަން ޖެހެ އެވެ.