ގދ. ރަތަފަންދޫ ގައި ރޭ ދަންވަރު މަރުވި އަންހެން މީހާގެ މަރުގައި އާދަޔާ ހިލާފްކަމެއްނެތް ކަމަށާއި އޭނާ މަރުވެފައިވަނީ ކުއްލި މަރަކުން ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ، ރަތަފަންދޫގައި މަރުވި އަންހެން މީހާގެ މައްސަލާފައި މިހާތަނަށް ބެލި ބެލުމުން އާދަޔާ ހިލާފު ކަމެއް ފާހަގަވެފައިނުވާ ކަމަށެވެ. އަދި އޭނާ މަރުވެފައިވަނީ އާދައިގެ މަރަކުން ކަމަށް އެއަންހެން މީހާގެ ހަށިގަނޑުބެލި ޑޮކްޓަރުން މައުލޫމާތު ދީފައިވާާ ކަމަށެވެ.
އަންހެން މީހާގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އެމައްސަލަ ތަހުގީގް ކުރަންފެށީ އޭނާގެ މަރުގެ މައްސަލާގައި ޝައްކު އުފެދޭ ކަންތައްތަކެއްހުރި ކަމަށް ބުނެ އެވެ.