ރަތަފަންދޫ

އަންހެނަކު މަރުވި ގޮތާމެދު ޝައްކު އުފެދި މައްސަލަ ބަލަނީ

ޝައްކު ކުރެވޭ ކަންތައްތަކެއް ހުރި ކަމަށް ބުނެ ގދ. ރަތަފަންދޫ ގައި އަންހެނަކު މަރުވި މައްސަލައެއް ފުލުހުން ތަހުގީގަކުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ އެ ރަށުގައި އަންހެނަކު ކުއްލި ގޮތަކަށް މަރުވި ކަން ރޭ ދަންވަރު 2:44 ހާއިރު ރިޕޯޓު ކޮށްފައިވާ ކަަމަށެވެ.

އެ ރަށުގައި މަރުވެފައިވަނީ 44 އަންހެނެކެވެ. އެ އަންހެން މީހާ އެ ރަށު ހެލްތް ސެންޓަރަށް ގެންދިއަ އިރުވެސް އޮތީ މަރުވެފަ އެވެ.

ނަމަވެސް ފުލުހުން ބުނީ އޭނާގެ މަރުގެ މައްސަލާގައި ޝައްކު އުފެދޭ ކަންތައްތައް ހުރުމުން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.