ހަބަރު

ކުޑަ ކުއްޖަކާ ބެހިގެން ގޭގައި ގެންގުޅޭ ބިދޭސީއެއް ހައްޔަރުކޮށްފި

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

ރާއްޖޭގެ ދެކުނުގެ ރަށަކުން ހަތަރު އަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މި މައްސަލައިގެ ތުހުމަތަށް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ވަނީ ބުނެފަ އެވެ. މި މައްސަލައިގައި ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކޮށްފައިވަނީ ކުޑަކުއްޖާ ހުރި ގޭގައި ގެންގުޅޭ ބިދޭސީ މީހެއް ކަމަށް ފުލުހުން މައުލޫމާތު ދެ އެވެ.

މި މައްސަލައިގައި ކޯޓު އަމުރުގެ ދަށުން ހައްޔަރު ކުރީ 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ. މި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް މުއްދަތެއް ވަނީ ދީފަ އެވެ.

ފަހަަކަށް އައިސް ކުޑަކުދީންނަށް ޖިންސީ ގޯނާ ކުރުމާއި ޖިންސީ ފުރައްސާރައިގެ ތަފާތު މައްސަލަތައް ދަނީ ފެންމަތި ވަމުންނެވެ.