ވިޔަފާރި

އެލިއާ އިން "ޔަމަހާ ހައްޓި ހަތަރެއް" ޕްރޮމޯޝަން ފަށައިިފި

Jul 5, 2019

ޔަމަހާ މޮޓޯސް އަށް 64 އަހަރު ފުރުމުގެ މުނާސަބަތުގައި އެލިއާ އިންވެސްޓްމަންޓުން "ޔަމަހާ ހައްޓި ހަތަރެއް" ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެލިއާ އިންވެސްޓްމަންޓުން މިއަދު ފެށި ޔަމަހާ ސައިކަލްގެ ހާއްސަ ޕްރޮމޯޝަންގައި މަހުން މަހަށް ސައިކަލް ނަގާ ފަރާތްތަކާއި އެއް ފަހަރާ ފައިސާ ދައްކާފައި ސައިކަލް ނެގުމުން ވެސް އަގު ހެޔޮވެގެންދެ އެވެ.

ޔަމަހާ ސައިކަލް އެންމެ ފުޅާ ދާއިރާއެއްގައި ވިއްކާ އެލިއާ އިންވެސްޓްމަންޓުން ބުނި ގޮތުގައި "ޔަމަހާ ހައްޓި ހަތަރެއް" ޕްރޮމޯޝަންގައި އެއްފަހަރާ ފައިސާ ދައްކާ ފަރާތްތަކަށް ހާއްސަ ޑިސްކައުންޓެއް ލިބެ އެވެ. މީގެ އިތުރުން މަހުން މަހަށް ސައިކަލް ފައިސާ ދައްކާ ގޮތަށް ސައިކަލް ނަގާ ފަރާތްތަކަށް ޑައުން ޕޭމަންޓުން 50 ޕަސެންޓުގެ ޑިސްކައުންޓެއް ދެ އެވެ.

އެލިއާ އިން ބުނީ އެ ކުންފުނީގެ އިންސްޓޯލްމަންޓް ސްކީމްއަކީ އިސްލާމީ ޝަރިއާ އެއްގޮތުގެ މަތިން ދީނީ އިލްމުވެރިންގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދާ އިންސްޓޯލްމަންޓް ސްކީމެއް ކަމަށެވެ. މި ސްކީމުގައި މަހުން މަހަށް ފައިސާ ނަގާ ފަރާތްތަކަށް ވެސް ސައިކަލް ލިބިގެންދާނީ އެ ފަރާތެއްގެ ނަންމަތީ ސީދާ ޕްރައިވެޓް ބޯޑުގަ އެވެ.

އެލިއާ އިން އެންމެ ފަހުން މި އަހަރު ބޭއްވި ޕްރޮމޯޝަންއަކީ "ޔަމަހާ ވިން ވިން 1440" ޕްރޮމޯޝަން އެވެ. މެއި މަހު ބޭއްވި މި ޕްރޮމޯޝަންގައި އެލިއާގެ ވިޔަފާރިއަށް އަށް 55 އަހަރު ފުރި، އެ ކުންފުންޏާއި ޔަމަހާގެ ގުޅުމަށް 45 ފުރުމުގެ މުނާސަބަތުގަ އެވެ. އަދި އެ ކުންފުނިން މި އަހަރު "ޔަމަހާ ފްރީގޯ" ސައިކަލް ރާއްޖޭގެ ބާޒާރަށް ނެރެފަ އެވެ. މިސައިކަލްއަކީ ޒުވާނުންގެ މެދުގައި މިހާރު މަގުބޫލު އެއް ސައިކަލް އެވެ.