ވިޔަފާރި

އެލިއާ އިން "ޔަމަހާ މޮޓޯ ގާޑިއަން" ޕްރޮމޯޝަން ފަށައިފި

Jan 25, 2020

އެލިއާ އިންވެސްޓްމަންޓްސް އިން "ޔަމަހާ މޮޓޯ ގާޑިއަން"ގެ ނަމުގައި އިންޝުއަރެންސް ހިލޭ ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އާ އަހަރާ ދިމާކޮށް އަހަރުގެ އެކި ހިސާބުތަކަށް ބަހާލައިގެން ސިލްސިލާކޮށް ކުރިއަށްގެންދާ "'ޔަމަހާ ސިޓީ" ޕްރޮމޯޝަގެ ދަށުން މިއަދު ފެށި "ޔަމަހާ މޮޓޯ ގާޑިއަން" ޕްރޮމޯޝަންގައި ސައިކަލު ލިބޭނީ ކަސްޓަމަރުންގެ އަތުން އެއްވެސް ހަރަދަކައި ނުލާ ފުލް އިޝުއަރެންސް ކޮށްފައި ކަމަށް އެލިއާ އިން ބުންޏެވެ. އަމާނާ ތަކަފުލް އާ ގުޅިގެން ކުރިއަށްގެންދާ މި ޕްރޮމޯޝަން އަންނަ މަހުގެ 20ގެ ނިޔަލަށް އޮންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އަމާނާ ތަކާފުލްގެ "ކޮމްޕްރިހެންސިވް އިންޝުއަރެންސް" ޕެކޭޖަކީ ސައިކަލަށް ދިމާވާ ގެއްލުންތަކަށް ބަދަލު ލިބޭ އިންޝުއަރެންސް ޕެކޭޖެކެވެ. އަލިފާނުގެ ހާދިސާ އާއި ވައްކަމާއި ގުދުރަތީ ކާރިސާތަކުން ލިބޭ ގެއްލުންތައް މި އިންޝުއަރެންސުން ކަވަރުކުރާނެ އެވެ.

އެލިއާ އިން ބުނީ، "ޔަމަހާ މޮޓޯ ގާޑިއަން"އިން ކަސްޓަމަރުންގެ ސައިކަލު ގެއްލުމުންނާއި އެކްސިޑެންޓްތަކުގައި ދިމާވާ ހާދިސާތަކުގައި މުހިއްމު ދައުރެއް އަދާ ކުރާނެ ކަމަށާއި ކަސްޓަމަރުން އެހީއަކަށް ބޭނުންވާ ހިނދު ކަސްޓަމަރަށް ލިބިފައިވާ އިތުބާރުހުރި ބަލަދުވެރިއަކަށް ވެގެންދާނެ ކަމަށެވެ.

އަލަށް ސައިކަލު ގަންނަ މީހުންގެ އިތުރުން އެލިއާގެ ކުރީގެ ކަސްޓަމަރުންނަށް ވެސް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ. ކުރީގެ ކަސްޓަމަރުން އިންޝުއަރެންސް ޕްލޭން ބަދަލުކުރަން ބޭނުންވާ ނަމަ އެ ފުރުސަތު ލިބޭނެ ކަމަށްވެސް އެލިއާއިން ބުންޏެވެ.
އަދި، ތިން އަހަރު ނުވާ ކަސްޓަމަރުންނަށް އިތުރު އިންސްޕެކްޝަން އަކާ ނުލައި ޑިސްކައުންޓާއެކު އިންޝުއަރެންސް ޕްލޭން ބަދަލު ކުރެވޭނެ އެވެ.

އެލިއާ އިން އިންސްޓޯލްމެންޓަށް ދޫކުރާ ކޮންމެ ސައިކަލެއްވެސް ފުރަތަމަ ޕޭމަންޓާ އެކު ކަސްޓަމަރުގެ އަމިއްލަ ނަމަށް ރަޖިސްޓްރީ ކޮށް "ޕީ" ބޯޑު ދެ އެވެ.

މި ޕްރޮމޯޝަން އަކީ އިތުބާރު ހުރި ދިވެހިންނާ ގުޅޭ ގޮތަށް ބައްޓަން ކޮށް ރިބާގެ އެއްވެސް މުއާމަލާތެއް ނުހިނގާނެ ޕްރޮމޯޝަނެއް ކަމަށް ޔަގީންކަން ދީފަ އެވެ.