ވިޔަފާރި

ޔަމަހާ ސައިކަލް ހިލޭ ސާވިސް ކޮށްދޭ ޕްރޮގްރާމެއް އެލިއާއިން ފަށައިފި

100%
0%
0%

ޔަމަހާ މޮޓޯސް ކުންފުނިން "އެންމެނަށްވެސް ޔަމަހާ" ނަމުގައި އެކުންފުނީގެ ސައިކަލުތަށް ހިލޭ ސާވިސް ކޮށްދިނުމުގެ ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ. މި ޕްރޮގްރާމް ފަށާފައިވަނީ މިއަދު ހަވީރު ހުޅުމާލޭ ރުށްގަނޑު 2 ސަރަހައްދުގަ އެވެ.

އެލިއާ އިންވެސްޓްމެންޓުން މިއަދު ފެށި މި ޕްރޮގްރާމް ކުރިއަށްދާ ވަގުތު ރުށްގަނޑު ސަރަހައްދުން ސައިކަލް ގަތުމުގެ ހިދުމަތް ވެސް ލިބޭނެ އެވެ. އަދި ގަންނަ ކޮންމެ ސައިކަލަކަށް ހެލްމެޓެއް ވެސް ލިބޭނެ އެވެ. މީގެ އިތުރުން ހެލްމެޓް ވަކިންވެސް ގަނެވެން ހުންނާނެ އެވެ. މި ޕްރޮގްރާމް ކުރިއަށް ދަނީ މާދަމާގެ ރޭ 10:00 ޖަހަންދެނެވެ.

މިއަދުގެ ޕްރޮގްރާމް ފަށާފައިވަނީ ހަވީރު 4:00 ގަ އެވެ. މި ޕްރޮގްރާމްގެ ދެ ވަނަ ބުރުވެސް ކުރިއަށް ގެންދާނީ މާދަމާ ހަވީރު 4:00 ކުން ފެށިގެން ރޭ ގަނޑު 10:00 ޖެހުމާ ހަމައަށެވެ. ޔަމަހާ މޮޓޯސްގެ މި ޕްރޮގްރާމަށް އާންމުގެ ބޮޑު ތަރުހީބެއް ވަނީ ލިބިގެން ގޮސްފަ އެވެ.

ހުޅުމާލޭގައި ކުރިއަށްދާ އެންމެނަވެސް ޔަމަހާ ޕްރޮގްރާމްގައި ސައިކަލު ނަގާ ފަރާތަކުން ދައްކަން ޖެހޭ ޑައުންޕޭމަންޓް ވަނީ އަގުހެޔޮ ކޮަށްފަ އެވެ. މީގެ އިތުރުން ކޭޝް ޑިސްކައުންޓުވެސް ކަސްޓަމަރުންނަށް ލިބޭނެ އެވެ.

އެލިއާ ކުންފުނިން ޔަމަހާ މޮޓޯސްއާ ގުޅިގެން ރާއްޖޭގައި ވިޔަފާރި ކުރަމުންދާތާ މިހާރު ވަނީ 45 އަހަރު ފުރިފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345