ހަބަރު

މިއަހަރުވެސް އިތުރު 1،000 ހައްްޖު ކޯޓާ

Jul 5, 2019
1

މިއަހަރުވެސް އިތުރު 1000 ހައްޖު ކޯޓާ ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ދީފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެއަށް ހައްޖު ކޯޓާގެ ގޮތުގައި ސައުދީން އަބަދުވެސް ދެމުން އަންނަނީ 1000 ކޯޓާ އެވެ. ނަމަވެސް މިފަހުން ކޮންމެ އަހަރަކުންވެސް އިތުރު 1000 ކޯޓާ ސައުދީއިން ދެއެވެ.

މިނިސްޓަރު ޒާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސަރުކާރުން ކުރެއްވި މަސައްކަތުން އިތުރު 1000 ކޯޓާ ސައުދީއިން ދީފައިވާ ކަމަށެވެ. އިތުރު ކޯޓާތައް ލިބުނުކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއުލާން ކުރެއްވުމާއި ގުޅިގެން އެކޯޓާތައް ހައްޖު ގުރޫޕްތަކާއި ހަވާލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އިތުރަށް ލިބުނު ކޯޓާތައް ދޭން ނިންމާފައިވާ އުސޫލެއް މިނިސްޓަރު ހާމައެއް ނުކުރައްވަ އެވެ. ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން މިފަހަރު ދީފައި ވަނީ ފަސް ގްރޫޕަކަށެވެ.

މިދިޔަ އަހަރުވެސް ވަނީ ސައުދީ އިން 1000 ކޯޓާ އިތުރަށް ދީފަ އެވެ.