ނަމަވެސް އެ ކުންފުނިން ނިންމާފައިވަނީ ބައެއް ކަންތައްތައް ބަދަލު ނުކުރުމަށެވެ. އެ ގޮތުން ނިތްކުރީގައި ހިއްޕާލާ ރަބަރު ބޭންޑް ބައިންދާނެއެވެ. އަދި ކޮމްޕިއުޓަރު އާލާތްތައް ހުންނާނީ އައިނު ދުނިގަނޑުގެ ކަނާތްފަރާތުގައި ހުންނަ ކޮމްޕާޓްމަންޓްގައެވެ. މީގެ އިތުރުން ކަނާތު ލޮލުގައި ކުޑަ ޑިސްޕްލޭ ވެސް އިންނާނެއެވެ.
ވިޔަފާރިވެރިންނަށް ބޮޑަށް އަމާޒު ކޮށްގެން ހަދާފައިވާ މި އައިނު ވަނީ ސިއްހީ މަރުކަޒުތަކުގެ އިތުރުން ކާރުހާނާތަކަށް ވެސް އަމާޒު ކޮށްފައެވެ. އެހެންކަމުން މިއީ ފެޝަނަކަށް ވުރެ ބޮޑަށް މަސައްކަތްތެރިކަމުގެ ބޭނުމަށް ހަދާފައިވާ އައިނެކެވެ.
ގޫގުލްގެ ޓޯނީ ފޭޑަލް ވިދާޅުވީ މަސައްކަތުގައި އުޅޭއިރު އާއްމު ގޮތެއްގައި އެއްޗެއްގައި ނުވަތަ ތަނެއްގައި ޖެހިގެން ވެސް ހަލާކު ނުވާނޭ ފަަދަ ގޮތަކަށް އާ ގޫގުލް ގްލާސް ފަރުމާ ކުރާނެ ކަމަށެވެ.
ގޫގްލްއިން މި އައިނުގެ އާ ވާޝަން މާކެޓް ކުރާނީ ހަމައެކަނި ވިޔަފާރިތަކަށް ކަމަށް ބުންޏެވެ. އެ ގޮތުން ރީޓޭލް ފިހާރަތަކުގައި ވިއްކަން ވެސް ނުބަހައްޓާނެ ކަމަށާއި ސަބަބަކީ މިއީ އާއްމުން ބޭނުން ކުރަން އަމާޒު ކުރާ އައިނަކަށް ނުވާތީއެވެ.
އާ ގޫގްލް ގްލާސްގައި 5 ގިގަހާޓްޒްގެ ސަޕޯޓާއި އިތުރަށް ފުރިހަމަ ބެޓެރިއަކާއި އެތެރޭގެ ހޫނު ކޮންޓްރޯލް ކުރާނެ މާ ރަނގަޅު ނިޒާމަކާއި ކުރިއަށް ވުރެ ބޮޑު ޕްރިސްމް ޑިސްޕްލޭއެއްގެ އިތުރުން އިންޓެލް ކުންފުނީގެ 'އެޓޮމް' ޕްރޮސެސަރެއް ވެސް ހިމެނެއެވެ.