ވިޔަފާރި

ސައިކަލް ނަގަން އެލިއާއިން ރަނުގެ ފުރުސަތެއް

Jul 7, 2019
6
ޔަމަހާ ހައްޓި ހަތަރެއް ޕްރޮމޯޝަންގެ މައުލޫމާތު ދެނީ: މި ޕްރޮމޯޝަންގައި ސައިކަލްގެ އަގު ހެޔޮކޮށްފައިވޭ- ވީޑިއޯ: އަހުމަދު އަޔާދު | އަވަސް

ސައިކަލެއް ނަގާއިރު ބަލަނީ ކޮންކަމަކަށް ހެއްޔެވެ؟ އަގަށް ހެއްޔެވެ؟ ނޫނީ ފަސޭހައިން ފައިސާ ދެއްކޭނެ ލުއި މޮޑެލް އަކަށް ހެއްޔެވެ؟ ނޫނީ ސައިކަލުގެ މޮޑެލްއަށް ހެއްޔެވެ؟ މި ހުރިހާ ގޮތަކަށް ބަލާމީހަކަށް ވެސް އެލިއާ އިންވެސްޓްމަންޓުން ވިއްކާ "ޔަމަހާ ސައިކަލް" ހެޔޮ ވަރުވާނެ އެވެ. އަދި އެލިއާ އިން ސައިކަލް ނެގުމުން ލިބޭ އެހެން ހިތްހަމަޖެހުމެއް ވެސް އޮވެ އެވެ. އެ ހިތްހަމަ ޖެހުމަކީ އިސްލާމީ ޝަރިއާ ހުއްދަ ކުރާ ސްކީމަކުން ސައިކަލް ނެގުމުގެ ޔަގީންކަން ލިބުމެވެ. މި ހުރިހާ ގޮތަކަށް ބެލިއަސް އެލިއާ އިން ސައިކަލް ނެގުމަކީ ލިބޭނެ ރަނުގެ ފުރުސަތަކަށްވެ އެވެ.

މިހުރިހާ ފުރުސަތެއް އޮތްއިރު، އެލިއާ އިން އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް މިވަނީ ހާއްސަ ޕްރޮމޯޝަނެއް ވެސް ފަށާފަ އެވެ. މި ޕްރޮމޯޝަން ހާއްސަކޮށްފައިވަނީ އެލިއާ އިން ވިއްކައި ސާވިސް ދޭ ޔަމަހާ ސައިކަލް ތަކަށެވެ. މި ޕްރޮމޯޝަނުން ރަމްޒުކޮށްދެނީ ޔަމަހާ އާއި އެލިއާގެ ޒަމާންވީ ބަދަހި ގުޅުމެވެ.

އެލިއާގެ ވިޔަފާރި އަށް 55 އަހަރު ފުރުނުއިރު، ޖަޕާނުގެ ޔަމަހާ ކުންފުންޏާ ދެމެދު އޮތް ގުޅުމަށް 45 އަހަރު ފުރިއްޖެ އެވެ. އަދި މިހާރުގެ ޕްރޮމޯޝަން ކުރިއަށް ގެންދާނީ ޔަމަހާ މޮޓޯސް ކުންފުންޏަށް 64 އަހަރު ފުރުމާ ދިމާކޮށެވެ. މި ޕްރޮމޯޝަނަށް ދީފައިވާ ނަމަކީ "ޔަމަހާ ހައްޓި ހަތަރެއް" އެވެ. ސުވާލަކީ މި ޕްރޮމޯޝަންގެ ތަފާތަކީ ކޮބައި ހެއްޔެވެ؟ އަގު ހެޔޮވޭ ހެއްޔެވެ؟

"މި ޕްރޮމޯޝަންގައި އިންސްޓޯލްމަންޓަށް ސައިކަލް ނަގާ ފަރާތްތަކާއި އެއް ފަހަރާ ފައިސާ ދައްކާފަ ސައިކަލް ނަގާ ފަރާތްތަކަށް ވެސް ޑިސްކައުންޓު ލިބޭނެ. މިއީ ހާއްސަ ޕްރޮމޯޝަނެއް،" އެލިއާގެ މާކެޓިން އެގްޒެކެޓިވް ސުހާ މަމްދޫހް ވިދާޅުވި އެވެ.

"ޔަމަހާ ހައްޓި ހަތަރެއް" ޕްރޮމޯޝަންގައި އެއް ފަހަރާ ފައިސާ ދައްކާ ފަރާތްތަކަށް ބޮޑު ޑިސްކައުންޓެއް ލިބޭނެ އެވެ. މީގެ އިތުރުން މަހުން މަހަށް ފައިސާ ދައްކާ އުސޫލުން ސައިކަލް ނަގާ ފަރާތްތަކަށް ޑައުން ޕޭމަންޓުން 50 ޕަސެންޓުގެ ޑިސްކައުންޓެއް ލިބެ އެވެ.

އެލިއާގެ އިންސްޓޯލްމަންޓް ސްކީމް އަކީ ދީނީ އިލްމުވެރިންގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދާ އިންސްޓޯލްމަންޓް ސްކީމެކެވެ. މި ސްކީމުގައި މަހުން މަހަށް ސައިކަލް ނަގާ ފަރާތްތަކަށް ވެސް ސައިކަލް ލިބިގެން ދާނީ އެ ފަރާތެއްގެ ނަންމަތީ ސީދާ ޕްރައިވެޓް ބޯޑުގަ އެވެ. އެހެންވީމަ "ޕީ" ބޯޑާއެކު ސައިކަލް ނަގަން ވެސް މިއީ ރަނގަޅު ފުރުސަތެކެވެ. ސައިކަލް ނަގަން މިއަށްވުރެ ރަނުގެ ފުރުސަތެއް މަދުވާނެ އެވެ.