ދުނިޔެ

ބެއިލްއައުޓަށްފަހު ގްރީސްގެ ފުރަތަމަ އާންމު އިންތިހާބުގައި ވޯޓުލުން ކުރިއަށް

ބެއިލްއައުޓަށްފަހު ޔޫރަޕްގެ ގައުމެއް ކަމަށްވާ ގްރީސް އިން ފުރަތަމަ ފަހަރަށް އާންމު އިންތިހާބެއް ބާއްވަން ނިންމައި ވޯޓު ލާން ފަށައިފި އެވެ.

މިއީ ގްރީސްގެ ދައުލަތް ބަނގުރޫޓު ވުމަށްފަހު ދުނިޔޭގެ ގައުމުތަކުގެ އެހީގައި މަލީ ދަތިކަމުން އަރައިގަތުމަށްފަހު ބާއްވާ ފުރަތަމަ އާންމު އިންތިހާބެވެ.

ހިޔާލު ހޯދުމުގެ ވޯޓު ދައްކާގޮތުންނަމަ މި އިންތިހާބުގައި ގްރީސްގެ އިދިކޮޅު ލީޑަރު ކިރިޔާކުޝް މިޓްސޮޓާކިސް އިންތިހާބުން މޮޅުވާނެ ކަމަށް ދައްކަ އެވެ. ކިރިޔާކުޝް އަކީ ޔޫރަޕްގެ އެހެން ގައުމުތަކުން އިންތިހާބުގައި ސަޕޯޓް ކުރަމުންދާ ލީޑަރެވެ. ގިނަ ގައުމުތަކުން ވަނީ ކިރިޔާކުޝް ނިސްބަތްވާ ނިއު ޑިމްކޮރްސީ ޕާޓީއަށް އިންތިހާބަ ދިމާކޮށް ފައިސާގެ އެހީވެސް ދީފަ އެވެ.

ކްރިޔާކުޝް އަކީ ގްރީސްގެ ކުރީގެ ބޮނޑުވަޒީރު ކޮންސަންޓީނޮސް މިޓްސޮޓާކިސްގެ ދަރިފުޅެވެ. ކްރިޔާކުޝް ވަނީ ދެ އަހަރު ވަންދެން ގްރީސްގެ މިނިސްޓާ އޮފް އެޑްމިނިސްޓްރޭޓިވްގެ މަގާމު އަދާކޮށްފަ އެވެ.

އާންމު އިންތިހާބު ކުރިއަށް ގެންދާއިރު ގްރީސްއަށް ފާއިތުވި 10 އަހަރު ދިމާވެފައިވާ މާލީ ދަތިކަމުގެ ސަބަބުން ވަނީ ގިނަ ބައެއްގެ ވަޒީފާ ގެއްލި އިގްތިސާދު މުޅިން ހެން ބަނގުރޫޓްވެފަ އެވެ. އަދި ފަގީރުންގެ ނިސްބަތްވާ ވަނީ ހީވެސް ނުކުރަހާ މައްޗަށް ގޮސްފަ އެވެ.