ދުނިޔެ

އިންޑޮނޭޝިއާއަށް ބިންހެލުމެއް، ސުނާމީގެ އިންޒާރު ނެރެފި

Jul 7, 2019

އިންޑޮނޭޝިއާއަށް 7.1 މެގްނިޓިއުޑްގެ ބާރު މިނުގައި ބިން ހެލުމެއް އަތުވެއްޖެ އެވެ. ބިން ހެލުމާއެކު ސުނާމީ އިންޒާރު އެ ގައުމަށް ވަނީ ނެރެފަ އެވެ.

މި ބިން ހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާއިން ވަނީ ބުނެފަ އެވެ.

ބިންހެލުމާ ގުޅިގެން ބަޔަކަށް އަނިޔާވި ކަމުގެ މައުލޫމާތު އަދި ނެތެވެ.

ބިން ހެލުން އައިސްފައިވަނީ މޮލުއްކާސްގެ ކަނޑުގެ 10 ކިލޯމީޓަރު އަޑިންނެވެ. ބިން ހެލުން އައި ހިސާބުގެ އަވަށްތަކުގެ މީހުން މިވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުވާން ފަށާފަ އެވެ.

އިންޑޮނޭޝިއާއަކީ އާންމުކޮށް ބިން ހެލުން އަންނަ ގައުމެކެވެ. މީގެކުރިން ސުނާމީތަކުގައި ގިނަ ގެއްލުންތަކެއް ވެސް އެ ގައުމަށް ލިބިފައިވެ އެވެ.