ކުޅިވަރު

އުތުރު އެމެރިކާގެ ޗެމްޕިއަންކަން މެކްސިކޯ ހޯދައިފި

ފައިނަލުގައި ކުރީގެ ޗެމްޕިއަން އެމެރިކާގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި އުތުރު އަދި ސެންޓްރަލް އެމެރިކާގެ މުބާރާތް، ކޮންކާކަފް ގޯލްޑް ކަޕްގެ ޗެމްޕިއަންކަން މެކްސިކޯ ހޯދައިފި އެވެ.

ކޮންކާކަފްގެ މުބާރާތް މެކްސިކޯ ކާމިޔާބު މި ކުރީ އަށް ވަނަ ފަހަރެވެ. މުބާރާތުގެ ޗެމްޕިއަންކަން ދިފާއު ކުރަން ނިކުތް އެމެރިކާއަށް މެކްސިކޯއާ ދެކޮޅަށް ވަރުގަދަ ފައިޓެއް ދިން ނަމަވެސް ގޯލް ފޫއަޅުވާލެވޭ ގޮތެއް ނުވި އެވެ. މެޗުގައި ލަނޑު ޖަހާނެ އެންމެ ފުރަތަމަ ފުރުސަތު ލިބުނީ އެމެރިކާއަށެވެ. މެޗުގެ ހަ ވަނަ މިނެޓްގައި މެކްސިކޯގެ ޑިފެންޑަރުންނަށް ފުރުސަތު ނުދީ އެމެރިކާގެ ޖޯޒީ އަލްޓަޑޯ ފޮނުވާލި ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.

މެކްސިކޯގެ ލަނޑު ކާމިޔާބު ކުރީ، ޖޮނަތަން ޑޮސް ސަންޓޯސް ކާމިޔާބު ކުރީ، ރައުލް ހިމެނޭޒް ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. ހިމެނޭޒް އަށް އޭރިއާ ތެރެއިން ލިބުނު ބޯޅަ އޭނާ މަޑުމަޑުން ޖައްސާލީ ޑޮސް ސަންޓޯސް އަށެވެ. އޭނާ ވަނީ އެމެރިކާގެ ޑިފެންޑަރުން ބަލަހައްޓައިގެން ތިއްބައި ގޯލްގެ މެދަށް ބޯޅަ ވައްދާލާފަ އެވެ.