ގައުމީ ފުޓްބޯޅް ޓީމް

ގައުމީ ޓީމުގެ ލީޑަރަކަށް ޔާމްބެ، މެނޭޖަރު ހަމަޖައްސާނީ ގޭމްސްއަށް ފަހު

މި މަހު 18 ވަނަ ދުވަހު ފަށާ، އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމުތަކުގެ ކުޅިވަރު މުބާރާތުގައި، ގައުމީ ފުޓްބޯޅަ ޓީމާ ގުޅުން ހުރި އިދާރީ މަސައްކަތްތަކަށް ޓީސީ ސްޕޯޓްސް ކުލަބުގެ ކުރިގެ ކެޕްޓަން ޔާމީން އިބްރާހިމް (ޔާމްބެ) ހަމަޖައްސައިފި އެވެ.

ޔާމްބެ ހަމަޖެއްސީ ޓީމުގެ މެނޭޖަރުގެ މަސްއޫލިއްޔަތުތަކަށް ނޫނެވެ. އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު (ޖަވާ) ވިދާޅޫވީ އައިއޯއައިޖީގައި ގޭމްސްގައި ބެންޗުގައި ތިބެވެނީ ހަތަރު އޮފިޝަލުންނަށް ކަމަށާއި އެހެންވެ އައިއޯއަޖީއަށް މެނޭޖަރެއް ހަމަނުޖައްސަން އެފްއޭއިން ނިންމާފައިވާ ކަމަށެވެ.

"ގޭމްސްގެ ތެރޭގައި ގައުމީ ޓީމާ ގުޅުން ހުރި އިދާރީ މަސައްކަތްތައް ކުރުމަށް ޔާމްބެ ހަމަޖެއްސީ، ޓީމުގެ މެނޭޖަރުގެ މަގާމަކަށް ނޫން." ޖަވާ ވިދާޅުވި އެވެ.

ގައުމީ ޓީމުގެ މެނޭޖަރުގެ މަގާމުގައި އެންމެ ފަހުން ހުރީ، ޓީސީގެ ކުރީގެ މެނޭޖަރު މުހައްމަދު އީސާ (މޯ) އެވެ. މެނޭޖަރު ކަމުގެ މަގާމުގައި ދެ އަހަރު ހޭދަ ކުރުމަށް ފަހު މޯ ވަނީ މި އަހަރު އޭޕްރީލް މަހު އިސްތިއުފާ ދީފަ އެވެ.

ޖަވާޒު ވިދާޅުވީ، ޓީމަށް މެނޭޖަރަކު ހަމަޖައްސާނީ ގޭމްސްއަށް ފަހުގައި ކަމަށެވެ. އޮލިމްޕިކް ކޮމިޓީން ނެރެފައިވާ ޓީމުތަކުގެ ލީޑަރުންގެ ގޮތުގައި ފުޓްބޯޅައިގެ ލިޑަރެއްގެ ގޮތުގައި ވަނީ ޔާމްބެގެ ނަމެވެ. ޓީސީން 2013 ގެ ތިން ވަނަ ޑިވިޝަންގައި ވާދަ ކުރިއިރު އެ ކުލަބު ރައީސް އަކީ ޔާމްބެ އެވެ. ދެ ވަނަ ޑިވިޝަންގައި ވާދަ ކުރިއިރު އޭނާ ހުރީ ކެޕްޓަންގެ ގޮތުގަ އެވެ. ފުރަތަމަ ޑިވިޝަންގެ ފުރަތަމަ އަހަރުވެސް އޭނާ އަކީ ކެޕްޓަނެވެ.