ހަބަރު

ކުޑަ ކުއްޖަކު ވިއްކާލި މައްސަލައެއް ބަލަނީ

Jul 9, 2019
1

ދެކުނުގެ އަތޮޅެއްގެ ރަށެއްގައި ކުޑަ ކުއްޖަކު ވިއްކާލި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ. އެ ކުއްޖާ ވިއްކާލާފައިވަނީ 30،000 ރުފިޔާއަށް ކަމަށްވެ އެވެ.

މި މައްސަލައާ ގުޅޭ ތަފްސީލެއް ހާމަނުކޮށް ފުލުހުން ބުނީ އެ މައްސަލަ ހުށަހަޅާފައިވާތީ ތަހުގީގު ކުރަމުންދާ ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި ވިއްކާލާފައިވަނީ އެއް އަހަރުގެ ކުއްޖެކެވެ. އެ ކުއްޖާ ވިއްކާލީ ދަރިން ނުލިބޭ ދެމަފިރިއަކަށް ކަމަށްވެ އެވެ. ކުއްޖާ ވިއްކާލުމުގައި އުޅުނީ އެ ކުއްޖާގެ މަންމަ ކަމަަށް ވެސްވެ އެވެ. ކުއްޖާ ވިއްކާލާ އެހެން ރަށަކަށް މިހާރު ވަނީ ފޮނުވާ ވެސް ލާފަ އެވެ.

މި މައްސަލާގައި ޖެންޑާ މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ. ނަމަވެސް މައުލޫމާތު ލިބޭ ގޮތުގައި އެ މިނިސްޓްރީއިން ވެސް ދަނީ މިކަން ބަލަމުންނެވެ.