ހަބަރު

އޭލެވެލް އިމްތިހާނުން 11 ދަރިވަރަކަށް ދުނިޔޭއިން އެއްވަނަ

މިދިއަ އަހަރު މަތީ ސާނަވީ އިމްތިހާނުގެ ނަތީޖާ އިން ރާއްޖޭގެ 11 ދަރިވަރަކު ފަސް މާއްދާއިން މުޅި ދުނިޔޭން އެއްވަނަ ހާސިލްކޮށްފި އެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމް އަދި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެފައިވެ އެވެ.

މިދިއަ އަހަރު އިމްތިހާނުގައި ދުނިޔޭގެ އެންމެ މޮޅު 10 ވަނައިގައި 34 ދަރިވަރަކު ހިމެނިފަވާއިރު 11 ދަރިވަރަކު ވަނީ ފަސް މާއްދާއިން މުޅި ދުނިޔޭން އެއްވަނަ ހާސިލްކޮށްފަ އެވެ. މީގެ ތެރެއިން ދެ ދަރިވަރަކު ވަނީ ދެ މާއްދާ އަކުން އެއް ވަނަ ހޯދާފަ އެވެ.

މިދިއަ އަހަރު މަތީ ސާނަވީ ތައުލީމު ނިންމާ އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން 195 ކުއްޖަކު ރާއްޖޭގެ ގަދަ 10ގެ ތެރޭގައި ހިމެނިފަ އެވެ. އޭގެ ތެރެއިން ހަތަރު ދަރިވަރަކު ގަދަ އެއްވަނަ ހާސިލްކުރި އެވެ.