ލައިފްސްޓައިލް

ފެން އަރުވާ ވަޑާމުގެ އެކި ދިމާލުން އެކި މެސެޖު!

Jul 25, 2015
0%
0%
0%

ޖުމްހޫރީ މައިދާނުގައި ރޭ ހުޅުވި ފެން އަރުވާ ވަޑާމުގެ ހާއްސަ ކަމަކީ ކޮބައި ހެއްޔެވެ؟ ހަމަ ގައިމު ވެސް މި ތަނަކީ ރާއްޖޭގައި މިހާތަނަށް ހެދި އެންމެ ފުރިހަމަ ފަންވާރެވެ. ނުވަތަ ފެން އަރުވާ ވަޑާމެވެ. ނަމަވެސް މިތަނުގެ ހާއްސަކަން ރީތިކޮށް ފެންނާނީ ރޭގަނޑު ގަޑީގަ އެވެ. މިތަން ފަރުމާކޮށްފައިވަނީ އެކި ދިމާލުން އެކި މެސެޖު ލިބޭ ގޮތަކަށެވެ. އެކިކުލަ ބޮކިތަކުން ދިއްލާލާ ގޮތަށެވެ.

ޖުމްހޫރީ މައިދާނުގައި ރޭ ބޭއްވި ކުލަގަދަ ރަސްމީއްޔާތުގައި ހުޅުވި "މިއުޒިކަލް ފައުންޓެއިން" އިން ރަމްޒުކޮށްދެނީ ރާއްޖޭގެ އެކުވެރި ކަމެކެވެ. މި ފެން އަރުވާ ވަޑާން ފަރުމާކޮށްފައިވަނީ ގިނަ ކުލަ ތަކެއް ފެންނަ ގޮތަކަށެވެ. ފެން އަރުވާ ވަޑާމުން ފެންގަނޑު މައްޗަށް އަރަމުންދާއިރު، ފިޔާތޮށި ކުލަ އާއި ނޫ ކުލަ އަދި ފެހި ކުލަ އާއި ރީނދޫ ކުލައިގެ އިތުރުން ރަތް ކުލަ ވެސް ފެންނާނެ އެވެ.

މި އުޒިކަލް ފައުންޓެރިނުން މިސްކިތުގެ ގުއްބެއް ފެނެ އެވެ. މީގެން ރަމްޒު ކޮށްދެނީ މާވް ވެގެންވާ އިސްލާމް ދީނެވެ. އަދި މިތަނުން ފަސް ހަނދު ވެ އެވެ. މި ހަނދުތަކުން ދައްކުވައި ދެނީ ރާއްޖޭގެ މިނިވަން ކަމެކެވެ. މީގެ އިތުރުން މިއުޒިކަލް ފައުންޓެއިންގެ އެއް ފަރާތުގައި ހުންނަ އިރު، ފަސް އިނގިލި ފެންނާނެ އެވެ. މި އިނގިލިތަކުން ދައްކުވައި ދެނީ ރާއްޖެއަށް ލިބިފައިވާ މިނިވަން ކަމެކެވެ. އަދި ދެ އަތް ޖޯޑުކޮށްލައިގެން އިންނަ އަތެއްގެ ރަމްޒު ފެނެ އެވެ. މީގެން ދައްކުވައި ދެނީ އެކުވެރިކަމާއި އެއްބައި ވަންތަ ކަމެވެ.

ގާތްގަނޑަކަށް 28 ފޫޓު ބޮޑު މި ފެން އަރުވާ ވަޑާމުގެ މަސައްކަތް ކޮށްފައިވަނީ އެމްޓީސީސީންއިންނެވެ.

ޖުމްހޫރީ މައިދާން ހުޅުވަން ދިޔަ ގިނަ ބައެއްގެ ނަޒަރުގައި މިތަނަކީ މާލޭގެ މޫނުމައި ރީތިކޮށްދޭނެ ތަނަކަށްވާނެ އެވެ.

"ވަރަށް ރީތި ވާނެ ތަނެއް މިއީ. މި ފަދަ ތަނެއް މާލޭގެ މޫނު މައްޗަށް މުހިންމު. މީގެ ސަބަބުން ޓޫރިސްޓުން ނަށް ވެސް ހިތްގައިމު ތަނަކަށް ވާނެ،" މިއުޒިކަލް ފައުންޓެއިން ހުޅުވި ތަނަށް ގޮސްހުރި ޓުއާ ގައިޑެއް ބުންޏެވެ.

މާލޭގައި މި ވަގުތު ހުރި އެންމެ ރީތި ފެން އަރުވާ ވަޑާމުގެ ސަބަބުން މާލޭގެ މޫނުމަތި ރީތިކޮށްދީފި އެވެ. ދެން އޮތީ މި ތަން ރީތިކޮށް ބެލެހެއްޓުމެވެ. މި ފެން އަރުވާ ވަޑާމުން ދޭ މެސެޖުތަކާ މެދު ވިސްނުމެވެ. މި ތަނުން ފަސް މެސެޖު ލިބޭނެ އެވެ.

 

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910