ހަބަރު

ގަވައިދާ ހިލާފަށް ވަދެ އުޅުނު ހަތަރު މަސް ބޯޓެއް ހިފަހައްޓައިފި

ރާއްޖޭގެ އިގްތިސާދީ ކަނޑުގެ ސަރަހައްދަށް ގަވައިދާ ހިލާފަށް ވަދެއުޅުނު ބޭރުގެ ހަތަރު މަސް ބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު އަލީ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އެމްއެންޑީއެފުން ބުނީ، އެ މަސްބޯޓުތައް ކޯސްޓްގާޑް ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ވ. ފުލިދޫގެ އިރުން 140 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ. އެ މަސްބޯޓުތައް ފެނިފައި ވަނީ ރާއްޖޭގެ ހާއްސަ އިގުތިސާދީ ކަނޑުގެ ސަރަޙައްދުގައި މިމަހުގެ 8 އިން 10 އަށް އެމްއެންޑީއެފް ކޯސްޓްގާޑާއި، އިންޑިއާގެ ކޯސްޓްގާޑް ގުޅިގެން ކުރިއަށްގެންދާ ޑޯނިއާ ފްލައިޓްގެ ސަވައިލަންސް ޕެޓްރޯލްތަކުގެ ތެރެއިން ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

ސަރުކާރުގެ ކަމާއި ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން މި ހަތަރު މަސް ބޯޓް ކޯސްޓްގާޑް ޝިޕް ޝަހީދު އަލީ ބެލުމުގެ ދަށުން މާލެ ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.