ހަބަރު

ވައިގޮޅިން ވެއްޓުނު އަންހެން މީހާ މަރުވެއްޖެ

ރޭ ދަންވަރު މާފަންނު ގެއެއްގެ ވައި ގޮޅީގެ ތެރެއަށް ވެއްޓި ބޮޑެތި އަނިޔާތައްވި އަންހެންމީހާ މަރުވެއްޖެ އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެމަޖެންސީގައި ފަރުވާ ދެމުން ދަނިކޮށް އެ އަންހެން މީހާ މަރުވީ މިއަދު މެންދުރު 1:30 ގައި ކަމަށެވެ. ޒަހަމްތަކަށް ފަރުވާ ދެމުން ދަނިކޮށް މަރުވީ 76 އަހަރުގެ ދިވެހި އަންހެނެކެވެ.

އެ އަންހެން މީހާ ވައިގޮޅީގެ ތެރެއަށް ވެއްޓުނީ ރޭ ދަންވަރު 1:30 އެހާކަންހާއިރު އެވެ. އެ ހާދިސާގައި އަންހެން މީހާގެ ބޮލުގެ ފުއްކިބައިގެ ބައެއް ފަޅައިގެން ގޮސްފައިވާއިރު ކަނާއަތު ފައި ފަލަ މަސްގަނޑާ ހަމައިން ބިންދައިގެން ގޮސްފައިވާއިރު އެހެން ގިނަ އަނިޔާތައް ވެސް ލިބިފައިވެ އެވެ.