މޯލްޑިވްސް ޕޮލިސް ސާވިސް

މަރުވެފައި އޮއްވާ ފެނުނީ ދިވެއްސެއް، އާއިލާއާ ގުޅިއްޖެ

ބީޖީ ގަރާޖް ސަރަހައްދުގައި ވެއްޓިފައި އޮއްވައި އައިޖީއެމްއެޗް އަށް ގެންދިޔަ މީހާއަކީ ކާކުކަން މިހާރު ދެނެގަނެވިފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ދެންމެ ބުނެފި އެވެ.

ފުލުހުން ބުނީ މެއި 4 ވަނަ ދުވަހުގެ އިރާކޮޅު މާފަންނު މުރަނގަ މަގު ބީޖީ ގަރާޖް ސަރަހައްދުގައި ވެއްޓިފައި އޮއްވައި އައިޖީއެމްއެޗް އަށް ގެންދިޔަ މީހާއަކީ ކާކުކަން މިހާރު ދެނެގަނެވިފައިވާ ކަމަށެވެ. އެމީހާއަކީ 58 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އެމީހާގެ އާއިލާގެ އެއްބާރުލުން ފުލުހުންނަށް ލިބެމުންދާ ކަމަށްވެސް ބުންޏެވެ.

ފުލުހުން ވަނީ އެ މީހާއަކީ ކާކުކަން ދެނެގަތުމަށް އާންމުންގެ އެހީއަށް ކުރީން އެދިފައެވެ.