އައިރީނާ

އައިރީނާގެ ރާއްޖޭހެ މަންދޫބަކަށް ޑރ. ނިޔާޒު

އިއާދަކުރަނިވި ހަކަތައާބެހޭ ބައިނަލްއަގުވާމީ އިދާރާ (އައިރީނާ) އަށް ރާއްޖެއިން ކަނޑައަޅާ ދާއިމީ މަންދޫބަކަށް ޔޫއޭއީގައި ހުންނަވާ ރާއްޖޭގެ ސަފީރު ޑރ. ހުސައިން ނިޔާޒް ހަމަޖައްސައިފި އެވެ.

ނިޔާޒަށް މަންދޫބުކަމުގެ ފަތްކޮޅު އެރުވީ އަބޫދާބީގައި ހުންނަ އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އެޖެންސީގެ މައި އޮފީހުގަ އެވެ.

އައިރީނާ 2009 ގައި އުފެދުނު ފަހުން އެ ޖަމިއްޔާގެ މެމްބަރެއްގެ ގޮތުގައި ރާއްޖެ އޮތް ނަމަވެސް ރާއްޖެއިން ދާއިމީ މަންދޫބަކު ކަނޑައަޅާފައެއް ނުވެއެވެ. އައިރީނާގެ މެމްބަރުންގެ ގޮތުގައި 160 ގައުމަކާއެކު ޔޫރަޕިއަން ޔޫނިއަން އޮވެ އެވެ.

ރާއްޖެއިން ފުރަތަމަ ފަހަރަށް އައިރީނާއަށް ދާއިމީ މަންދޫބަކު ކަނޑައެޅުމާއި ގުޅިގެން ނިޔާޒަށް މަރުހަބާ ވިދާޅުވެ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ) އެ ޖަމްއިއްޔާއަށް ކަނޑައަޅާ މަންދޫބެއްގެ ގޮތުގައި ނިޔާޒު ހަމަޖެހުމުން އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ ގައުމަކަށް ރާއްޖެ ބަދަލުވުމަށް ކުރަމުންދާ މަސައްކަތުގައި އައިރީނާއާއެކު އިތުރު މަސައްކަތްތަކެއް ކުރެވޭނެ ކަމަށެވެ.