މާފުށީ ޖަލު

ޖަލުން ފިލި ގައިދީއަކު ކަނޑުމަތިން އަތުލައިގެންފި

Jul 12, 2019
1

މާފުށީގައި ހުުންނަ ސަރުކާރުގެ މައި ޖަލުން ރޭ ފަތިހު ފިލި ގައިދީއަކު މިއަދު އަތުލައިގަނެ އަލުން ޖަލަށް ގެންގޮސްފި އެވެ.

ފުލުހުން ބުނީ ޖަލުން ގައިދީއަކު ފިލި މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ކަރެކްޝަނުން މިއަދު ކުރި ޓްވީޓެއްގައި ބުނީ ޖަލުގެ މެޑިކަލް ސެންޓަރުގެ ތެރެއިން ފިލި ގައިދީ އަތުލައިގަތީ މިއަދު ހެނދުނު 6:55 ހާއިރު ކަމަަށެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި ޖަލުން ފިލި ގައިދީއަކީ 24 އަހަރުގެ މީހެކެވެ. އޭނާ އަތުލައިގަތީ ފިލައިގެން ކެނޯއެއްގައި ކ. ގުޅީ ކައިރިން ކަނޑުމަތީން ދަތުރު ކުރަމުން ދަނިކޮށެވެ.