އެމްއެންޑީއެފް

ތަމްރީނުތަކެއްގައި އެމްއެންޑީއެފުން މިއަދު ބަޑިޖަހާނެ

ގައުމީ ދިފާއީ ބާރުން ސިލްސިލާކޮށް ކުރިއަށް ގެންދާ ތަމްރީނު ހަރަކާތްތަކުގެ ތެރެއިން ބަޑިޖެހުމުގެ ހަރަކާތެއް މިއަދު މާލޭގައި ކުރިއަށް ދާނެ އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ބަޑި ޖެހުމުގެ މި ތަމްރީނު ހަރަކާތް ކުރިއަށް ދާނީ ކަޅުތުއް ކަލާ ކޮށީގައި ހެނދުނު 10:30 އިން މެންދުރު 2:00 އާއި ހަމައަށެވެ.

މި ހަރަކާތަކީ ސިލްސިލާކޮށް ކުރިއަށް ގެންދާ ތަމްރީނު ހަރަކާތްތަކުގެ ތެރެއިން ހަރަކާތެއް ކަމަށާއި ބަޑިޖެހުން ކުރިއަށް ދާނީ ހަމައެކަނި ކަޅުތުއް ކަލާކޮށީގައި ކަމަށް ވެސް ބުންޏެވެ.