ދުނިޔެ

ރަޝިއާއިން ބާރުގަދަ މިސައިލްތަކެއް ތުރުކީ ވިލާތަށް ވިއްކައިފި

ތުރުކީވިލާތުން ގަންނަން ބޭނުންވާ ބާރުގަދަ މިސައިލްގެ ބާވަތެއް ކަމަށްވާ އެސް- 400 ގެ ފުރަތަމަ ޝިޕްމެންޓް ރަޝިއާއިން ތުރުކީއަށް ވިއްކައި، ގެންގޮސްދީފައިވާ ކަމަށް ތުރުކީން ބުނެފި އެވެ.

ތުރުކީގެ ޑިފެންސް މިނިސްޓްރީން ހަތިޔާރުތަށް ލިބުނުކަން ކަށަވަރުކޮށްދެއްވަމުން ބުނީ، ރަޝިއާއިން ގެންނަ މިސައިލްތަކުގެ ފުރަތަމަ ޝިޕްމެންޓް މިހާރު އަސްކަރީ ބަނދަރެއް ކަމަށްވާ މާޓެޓް އެއާބޭސް އަށް ގެނެސްފައިވާ ކަމަށެވެ. އަދި ބާކީ ހުރި ޝިޕްމެންޓްތަށް ލިބުމުން މިހާރަށް ވުރެ އިތުރަށް ގައުމުގެ ވައިގެ ސަރަހައްދު ވަރުގަދަ ވެގެންދާނެ ކަމަށެވެ،

ތުރުކީން އިތުރަށް ބުނީ މިހާރު ގެނެސްފައިވާ މިސައިލްތަށް ވަރަށް އަވަހަށް ބޭނުންކުރަން ފަށާނެ ކަމަށެވެ. އެގޮތުން އޮކްޓޫބާ މަހު މިސައިލްތަށް ބޭނުންކުރުމުގެ މަސައްކަތް ފަށޭތޯ ބަލާނެކަމަށްވެސް ތުރުކީއިން ބުންޏެވެ. ރަޝިއާއިން ތުރުކީއަށް ހަތިޔާރު ވިއްކާފައިމިވަނީ އެމެރިކާއިން ތުރުކީއަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފައި ވަނިކޮށެވެ.

ރަޝިއާއިއެކު މިހާރު ކުރަމުންދާ ހަތިޔާރުގެ ވިޔަފާރީގެ މުއާމަލާތް ހުއްޓާނުލައިފިނަމަ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅު ތުރުކީއަށް އަޅާނެ ކަމަށް އެމެރިކާއިން ވަނީ ބުނެފަ އެވެ. ތުރުކީއަށް އިތުރަށް އިންޒާރު ދެމުން އެމެރިކާއިން ބުނީ ހަނގުރާމަވެރި ޖެޓެއް ކަމަށްވާ އެފް- 35 އުފެއްދުންވެސް މާނާ ކުރުވާނެ ކަމަށެވެ.

ތުރުކީން ދަނީ އެމެރިކާގެ އަޅައިފައިވާ ދަތިތަކަށާއި އިންޒާރުތަކަށް ބެލުމެއް ނެތި އެގައުމުގެ ދިފާއި ބާރު ވަރުގަދަ ކުރަމުންނެވެ. ތުރުކީއަށް ހަތިޔާރު ވިއްކި ރަޝިއާއަކީވެސް އެމެރިކާއާއި ގުޅުން ގޯސްވެފައިވާ ގައުމެކެވެ.