ދުނިޔެ

އިންޑިއާއިން 200 މިލިއަށްނަށްވުރެ ގިނަ މީހުންގެ ހާލަތު ބަދަލުކޮށްފި: ރިޕޯޓް

ދިހަ އަހަރު ތެރޭ އިންޑިއާއިން އެ ގައުމުގައި އުޅޭ 271 މިލިއަންވުރެ ގިނަ މީހުންގެ ފަގީރުކަން ނައްތާލާފައިވާ ކަމަށް އދ. އިން ބުނެފި އެވެ.

އދ. އިން އާންމު ރިޕޯޓެއްގައިވާ ގޮތުން އިންޑިއަކީ މިހާރު އެންމެ ބާރު ސްޕީޑުގައި ފަގީރުކަން ނައްތާލުމަށް މަސައްކަތް ކުރާ ގައުމެވެ. ހިސާބުތަށް ބުނާގޮތުން އިންޑިއާގެ އާބާދީއަކީ 1.3 ބިލިއަން މީހުންނެވެ. އޭގެ ތެރެއިން 640 މިލިއަން މީހުން އުޅެމުންދަނީ ފަގީރުންގެ ގޮތުގަ އެވެ. އަދި 2006 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރުގެ ނިޔަލަށް އިންޑިއާއިން ވަނީ 271 މީހުން ފަގީރު ކަމުން އަރައިގަތުމަށް މަސައްކަތް ކޮށްފަ އެވެ.

މިހާރު އިންޑިއާގައި ފަގީރުންގެ ގޮތުގައި އުޅެމުން ދާނީ 369 މިލިއަން މީހުންނެވެ. އިންޑިއާގެ ފަގީރުންގެ ތެރެއިން ގިނަ ބަޔަކީ ދަނޑުވެރިކަން ކުރަމުންދާ ފަރާތްތަކަށް ވާތީ ސަރުކާރުން ދަނީ ދަނޑުވެރިކަން ކުރި އެރުވުމަށް ގިނަ މަސައްކަތެއް ވެސް ކުރަމުންނެވެ. އެގޮތުން އިންޓަރެސްޓް ކުޑަ ލޯން ދަނޑުވެރިންނަށް ލިބިދޭނެ ގޮތް އިންޑިއާ ސަރުކާރުން ދަނީ ހަމަޖައްސަމުންނެވެ.

ފަގީރުންގެ ނިސްބަތް ކުޑަކުރާ ގައުމުތަކުގެ ތެރޭގައި ދެން ހިމެނިފައިވާ ގައުމުތަކަކީ. ޕެރޫ އާއި ބަންގްލަދޭހާއި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އެވެ. ރިޕޯޓުގައި ވާގޮތުން ދުނިޔޭގެ އާބާދީގެ 7.53 ބިލިއަން މީހުންގެ ތެރެއިން އެއް ބިލިއަން މީހުންނަކީ ފަގީރުންގެ ގޮތުގައ އުޅޭ މީހުނެވެ.

ފަގީރުންގެ ތެރެއިން ހިމެނޭ 886 މިލިއަން މީހުންނަކީ މެދު ފަންތީގެ އާންމުދަނީ އެއް ލިބެމުންދާ ގައުމުތަކުގައި އުޅެމުންދާ މީހުންނެވެ. އަދި 440 މިލިއަން މީހުންނަކީ ދަށް މުސާރައެއް ލިބެމުންދާ ގައުމުތަކުގައި އުޅެމުންދާ މީހުން ކަމަށްވެސް އދ. ގެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ.