ބައިނަލްއަގުވާމީ ގޮތުން ކުރިއަށްގެންދާ ކެމްޕޭނެއް ކަމަށްވާ ޕްލާސްޓިކްފްރީ ޖުލައި ރާއްޖޭގައި ކުރިއަށް ގެންދަން ޒީރޯވޭސްޓްއެމްވީ މަސައްކަތެއް ފަށައިފި އެވެ.
ސިންގަލް ޔޫސް ޕްލާސްޓިކާއި ދެކޮޅަށް ހިންގާ މި މޫވްމަންޓް ޒީރޯވޭސްޓްއެމްވީ އިން ކުރިޔަށް ގެންދަނީ ބައެއް ކެފޭތަކާއި ގުޅިގެނެވެ. އެ ގޮތުން އަމިއްލަ ފުޅި ގެންދިއުމުން ފެންއަަޅައިދިނުމުގެ އިންތިޒާމް ހަމަޖައްސާފައި ވެއެވެ.
ޒީރޯވޭސްޓްއެމްވީގެ މި އިސްނެގުމުގައި ޖޭޒްކެފޭ އާއި ސިވިލް ކޮފީ ސޮސައިޓީ އާއި ދަ ގޯޓް ފިޝް ކެފޭ އާއި މޯޑަސް އާއި މޫޗާސްގްރާސިއާޒްގެ އިތުރުން ޓީއެމްއީ ރެޓްރީޓްސް ދިގުރަށްވަނީ ބައިވެރިވެ ފުޅިއަށް ފެންއަޅައިދިނުމުގެ އިންތިޒާމް ހަމަޖައްސައިދީފައި ވެއެވެ.
ޒީރޯވޭސްޓްއެމްވީ ބުނިގޮތުގައި މި ޖުލައި މަހުގެ ނިޔަލަށް މިކަން ކުރިއަށް ގެންދާނެ އެވެ.