ހަބަރު

ޝަހީމާއި އިލްޔާސް އަނެއްކާވެސް އެކުގައި

Jul 15, 2019
9

ހިޔާލު ތަފާތުވެ ވަރަށް ބޮޑަށް ގުޅުން ހީނަރުވެގެން ގޮސްފައިވާ ދެ އިލްމުވެރި ކަމަށްވާ ޝައިހު އިލްޔާސް ހުސައިން އާއި ކުރީގެ މިނިސްޓަރު އަދި އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާ ދެ ބޭފުޅުން އެކުގައި މަސައްކަތް ކުރައްވަން ފައްޓަވައިފި އެވެ.

ދެ ބޭފުޅުން އެކުގައި މަސައްކަތް ކުރައްވަން ފެއްޓެވި އިރު ދެ ބޭފުޅުންގެ ގުޅުމަށް އިޝާރްތް ކުރައްވާ ޝަހީމް ވިދާޅުވީ 2014 ވަނަ އަހަރުން ފެށިގެން އިލްޔާސާއި އޭނާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ނިމުމަކަށް ގެނެވި އަހުވަންތަކަން އަލުން އިއާދަވެފައިވާ ކަމަށެވެ.

"އިލްޔާސްއާ އަޅުގަނޑާ ދެމެދު ނިމި ދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭގައި ނުތަނަވަސްކަން އިތުރަށް ބޮޑުވެގެން ދިޔައެވެ. ގުޅުން ކެނޑިފައި ގާތް ގަނޑަކަށް ހަތަރު އަހަރު ވަންދެން އޮތެވެ." ޝަހީމް ފޭސްބުކުގައި ލިޔުއްވާފައި ވެއެވެ. އަދި ވެސް ލިޔުއްވާފައި ވެއެވެ. "ގައުމަށް އެންމެ ރަނގަޅު ގޮތަކީ އިސްލާމީ އިލްމުވެރިން ޚިޔާލު ތަފާތުވުން ކުޑަކުރުން ކަމުގައި ފެންނާތީ އާއި ﷲ ގެ ހަޒުރަތުގައި އެންމެ ހެޔޮ މީހަކީ ސަލާމަތްތެރި ހިތަކާއިގެން އައި މީހެއްކަމުގައި ވާތީއާއި ސިޔާސީ ގުޅުންތަކަށް ވުރެ އިސްލާމީ އުހުއްވަތްތެރިކަމުގެ މަތިވެރިކަން ﷲ ގެ ހަޒުރަތުގައި ބޮޑުކަމަށްޓަކައި މުސްތަގުބަލުގައި ރާއްޖެއަށް ވެސް އެންމެ ހެޔޮ ގޮތަކީ އިސްލާމީ އިލްމުވެރިންގެ ސަފުތައް އެއްބައިވަންތަކޮށްގެން ކަމުގައި ދެކޭތީވެ ޝައިހު އިލްޔާސްއާއި އަޅުގަނޑާ އޮތް ޒަމާންވީ އިސްލާމީ ގުޅުން އިއާދަކުރަން އަޅުގަނޑު ނިންމީމެވެ."

ދެ ބޭފުޅުންގެ ގުޅުމާއި ރާއްޖޭގެ ސިޔާސީ މަސްރަހާ އެއްވެސް ގުޅުމެއް ނެތް ކަމަށް ވެސް ޝަހީމް ވަނީ ވިދާޅުވެފަ އެވެ.

ޝަހީމް އެހެން ވިދާޅުވި ނަމަވެސް އިލްޔާސާއި މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާ ދެ ބޭފުުޅުންނާއެކު ޝަހީމްގެ ގުޅުން ކެނޑިގެން ދިޔައީ ޝަހީމް ރައީސް އަބްދުﷲ ޔާމީނުގެ ފަހަތްޕުޅުގައި ހުންނެވި ކަން ހާމަވި ހިސާބުންނެވެ. އަދި އެނގިފައިވާ ގޮތުގައި އަލުން އިލްޔާސާއި ޝަހީމްގެ ގުޅުން ބަދަހިވި އިރު އިލްޔާސާއި އިމްރާންގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ.