ހަބަރު

ފުވައްމުލަކުގެ 31 މަގެއް ހަދަން އެމްޓީސީސީއަށް

ފުވައްމުލަކުގެ 31 މަގެއްގައި ތާރު އެޅުމުގެ މަސައްކަތް އެމްޓްސީސީއާ ހަވާލުކޮށްފި އެވެ.

އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު މިއަދު ވިދާޅުވީ މިދިއަ ހަފުތާ ތެރޭގައި ފުވައްމުަލުގެ 31 މަގުގެ ތާރު އަޅަން އެމްޓީސީސީއަށް ހަވާލުކޮށްފައިވާ ކަމަށެވެ. މަޝްރޫއު ހަވާލުކުރީ 279 މިލިއަން ރުފިޔާއަށް 730 ދުވަހަށް ނިންމާށެވެ.

ޝާހު ވިދާޅުވީ އެ ސިޓީގެ ރިންގްރޯޑުގެ ޕްރޮޖެކްޓް ސާވޭ ނިންމުމަށްފަހު އަމަލީ މަސައްކަތް ފަށާފައިވާ ކަމަށާއި ތާރު އެޅުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. ރިންގްރޯޑުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ އެޕްރީލް މަހު އެވެ. އެ ރަށުގެ 2.7 ކިލޯމީޓަރުގެ ރިންގްރޯޑު 240 ދުވަސް ތެރޭގައި ނިންމަން ޖެހެއެވެ.