ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

ޕައިލެޓްކަން ކިޔަވަމުން އައި ދަރިވަރުން ބޭރަށް ފޮނުވަނީ

ރާއްޖޭގައި ޕައިލެޓް ލައިސަންސް ކިޔަވަމުންދާ ދަރިވަރުންގެ ކިޔެވުން މަޑު ޖެހިފައިވާތީ، އާއި އެ ދަރިވަރުން ކޯސް ނުނިމި ދިގު ދެމިގެންދާތީ ބަކީ ބައި ފުރިހަމަ ކުރަން އެ ދަރިވަރުން ބޭރަށް ފޮނުވަން މަސައްކަތް ކުރަމުންދާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އައްޑޫ ސީޓީގެ ގަމުގައި ހުންނަ އޭޝިއަން އެކަޑަމީ އޮފް އޮރޮނޮޓިކްސްއިން ހިންގާ ޕައިލެޓް ލައިސަންސް ކޯސް ކިޔަވާ ދަރިވަރުންނަކީ ރާއްޖޭގައި ތިބެގެން ކިޔަވަން ހުޅުވާލި ލޯނުގެ ދަށުން ކިޔަވާ ދަރިވަރުން ކަމަށެވެ. އަދި ރާއްޖޭގައި ކިޔަވަން ދޫކުރާ ލޯނުން ބޭރަށް ކިޔެވުމުގެ ކަންކަން ހަމަޖައްސައިދިނުމުގެ އުސޫލެއް ނޯންނަ ކަމަށެވެ.

ނަމަވެސް ކޯސް ކުރިއަށް ގެންދަން ދިމާވެފައިވާ މައިގަނޑު ދަތިތަކަކީ، ދަރިވަރުންގެ އިހްތިޔާރުން ބޭރުގައިވާ ކަންކަމަށް ވުމުން އެ ދަރިވަރުންގެ ކިޔެވުން ރާއްޖެއަށް ބޭރަށް ހަމަޖައްސައިދިނުމަށް މަސައްކަތް މިނިސްޓްރީން ކުރާ ކަމަށެވެ.

މިނިސްޓްރީން ބުނީ ކިޔެވުން ރާއްޖެއިން ބޭރަށް ބަދަލުކޮށްދޭ ދަރިވަރުންގެ ކިޔެވުމަށް އިތުރު ފައިސާއެއް ހަރަދުވާ ނަމަ އެ ހަރަދުތައް ބަލަހައްޓަން ޖެހޭނީ ދަރިވަރަކު އަމިއްލައަށް ކަމަށެވެ. އަދި މި ފުރުސަތުގެ ދަށުން ޕައިލެޓް ލައިސަންސް ކިޔަވާ ދަރިވަރުން ރާއްޖެއިން ބޭރަށް ބަދަލުވާން އެދޭނަމަ، ދާން ބޭނުންވާ މަރުކަޒުގެ ޕްލޭސްމަންޓް ލެޓާ އާއި ފީ ސްޓްރަކްޗާ އަދި އައިޑީ ކާޑު ކޮޕީ މިނިސްޓްރީއަށް ހުށަހެެޅުން އެދޭ ކަމަށް ވެސް ބަޔާނުގައި ވެއެވެ.